އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރައިފި

އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.

ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 އަށް އިންޑިޔާގައި މިހާތަނަށް 103,886 މީހުން ޕޮޒިޓިވުވެފައި ވެއެވެ. އަދި އެގައުމުގައި މިބަލީގައި 3,212 މީހަކު ނިޔާވެފައި ވާއިރު، މިބަލީގައި 40,856 މީހަކުވަނީ ފަރުވާދެވި ރަނގަޅުވެފައެވެ.

މުޅި ދުނިޔެއިން 4.9 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 1,936,611 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2,684,392 މީހުންނެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން 2,639,232 މީހުންގެ ހާލަތު ރަނގަޅުއިރު ހާލަތު ގޯސްވެގެން 45,160 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިމައުލޫމާތުތަކަށް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން 86 އިންސައްތަ މީހުންވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ ނިސްބަތަކީ 14 އިންސައްތައެވެ.

މިހާތަނަށް ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެފައި ވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާއިން މިބައްޔަށް 1,557,770 މީހުން ޕޮޒިޓިވުވެފައިވާއިރު މިބަލީގައި އެގައުމުން 92,478 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ