އެމްޓީސީސީ ޓަވަރ - ފޮޓޯ: ރާއްޖެ އެމްވީ

އެމްޓީސީސީ ގެ ޙިއްސާއަކަށް ޖެހުނު އާމްދަނީގެ އަދަދު އިތުރު ވެއްޖެ

2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ އާއި އަޅާބަލާއިރު، އެ އަހަރުގެ ހަތަރު ވަނަ ކުއާޓާރގައި އެމްޓީސީސީއަސް ލިބުނު ފައިދާ އިތުރުވެ، ހިއްސާއަކަށް ޖެހުނު އާމްދަނީގެ އަދަދު އިތުރުވެއްޖެއެވެ.

އެކުންފުނިން އާންމު ކޮށްފައިވާ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ މާލީ ހިސާބުތަކުގައި ވާގޮތުން 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ ނަތީޖާއާއި އަޅާބަލާއިރު %310.54 އިތުރު އަދަދެއްކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

2019 ވަނަ އަހަރު ފުރަތަމަ ކުއާޓާރގައި 17.97 މިލިއަން ރުފިޔާގެ ހިންގުމުގެ ގެއްލުމެއް ވަނީ އެމްޓީސީސީއަށް ލިބިފައެވެ. އެކުންފުނިން އާންމުކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ޓެކުހަށް ކެނޑުމުގެ ކުރިން 62.34 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް އެކުންފުންޏަށް ލިބިފައިވެއެވެ. ނަމަވެސް 2019 ވަނަ އަހަރު ފުރަތަމަ ކުއާޓާރގައި 29.61 މިލިއަން ރުފިޔާގެ ގެއްލުމެއް ރެކޯޑް ކުރެވިފައިވާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެކުންފުނިން ވިދާޅުވެފައިވަނީ މިއަދަދަކީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގައި ރިކޯޑްކުރެވުނު ޓެކުހަށް ކެނޑުމުގެކުރިން ލިބުނު ސާފު ފައިދާއާއި އަޅާބަލާއިރު %55.17 އިތުރު އަދަދެއްކަމަށާއި އެހެން ކަމުން 2019 ވަނަ އަހަރު ހަތަރު ވަނަ ކުއާޓާރގައި ޙިއްޞާއަކަށް ޖެހުނު އާމްދަނީގެ އަދަދު 3.83 ރުފިޔާއިން 6.59 ފުރިޔާއަށް އިތުރުވެފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ