އަނެއްކާވެސް ނެޓްފިލްކްސް އަށް ވަރުގަދަ ސީރީޒެއްް! ނަމަކީ "ކާސްޑް"!

ކޮވިޑް-19 ގެ ސަބަބުން ފިލްމް އިންޑަސްޓްރީތަކުގެ ހުރިހާ މަސައްކަތެއް ކަހަލަ ގޮތެއް ހުއްޓިފައިވީނަމަވެސް، އަދިވެސް ނެޓްފިލްކްސް އިން ބާރުލާފައި ކުރިއަށްދަނީއެވެ. ސިނަމާތަކުގައި ފިލްމްތައް އެޅުވުން ހުއްޓިފައިއޮތް އިރުވެސް، ނެޓްފްލިކްސް އިން އެމީހުންގެ އަމިއްލަ އުފެއްދުންތަކާއި އާ ސީރީޒްތައް އަދި ފިލްމްތައް ގެނެސްދިނުމުގައި ފަހަކަށް ނުޖެހެއެވެ. އެގޮތުން ދާދިފަހަކުން ނެޓްފިލްކްސް އިން މިވަނީ އަނެއްކާވެސް އެމީހުންގެ ވަރުގަދަ ސީރީޒެއް އިއުލާންކޮށްފައެވެ.

އެޗްބީއޯގެ ގޭމް އޮފް ތްރޯންސް އަށް ވާދަކޮށްލާނެކަމަށް ބުނެ ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން “ދަ ވިޗާ”ކާމިޔާބީއަށްފަހު ނެޓްފިލްކްސްގެ ފެންޓަސީ ސީރީޒް އަކީ، މަޝްހޫރު ހިޔާލީ ވާހަކަ "ދަ އެކްސްކަލިބާ" ގެ މައްޗަށް އުފައްދާ "ކާސްޑް" ގެ ނަމުގައި ގެނެސްދޭ ސީރީޒްއެކެވެ. "ދަ އެކްސްކަލިބާ" އަކީ އާއްމުކޮށް މަޝްހޫރު ދެ ކެރެކްޓަރ ރަސްގެފާނު "އާރތާ" އަދި ސޯސަރާ "މާރލިން" ގެ ވާހަކަތައް ކިޔައިދޭ ވާހަކެއެކެވެ. އެހެންނަމެވެސް "ކާސްޑް" ސީރީޒްގައި ކިޔައިދޭނީ މިއާއި ހިލާފަށް އާ ވާހަކައެކެވެ. އެގޮތުން މި ސީރީޒްގައި ކިޔައިދޭނީ، މި ވާހަކައިގެ ތެރެއިން އަންނަ "ލޭޑީ އޮފް ތަ ލޭކް" ގެ ވާހަކައެކެވެ.

"ދަ އެކްސްކަލިބާ" މިވާހަކަ ފޮތަށް ބަލާއިރު، ރޯޔަލް ޖާދުގަރެއް ކަމުގައި ވާ "މާލިން" މެޖިކް ބޭނުންކޮށްގެން ޖާދޫގެ ކަނޑިއެއް ގަލެއްގައި ހަރުކުރެއެވެ. އަދި މި ކަނޑި ހަމަ އެކަނި ނެގެނީ، ރަސްގެފާނުގެ ދަރި "އާރތާ" އަށެވެ. އަދި ހަނގުރާމައެއްގެ ތެރެއިން ކަނޑި ހަލާކުވެ އޭގެ ޖާދޫގެ ބާރު ދިޔުމުން، އެ ކަނޑީގެ ޖާދޫގެ ބާރު އަލުން އަނބުރާ ގެންނަނީ، "ލޭޑީ އޮފް ދަ ލޭކް" "ނިމިއުއޭ" އެވެ.

ނެޓްފިލްކްސް އިން ގެނެސްދޭ "ކާސްޑް" ސީރީޒްގައި ކިޔައިދޭނީ "ނިމިއުއޭ" ގެ ވާހަކައެވެ. އެގޮތުން "ނިމިއުއޭ" "ލޭޑީ އޮފް ދަ ލޭކް" އަށް ވީގޮތް ކިޔައިދޭނެއެވެ. އެހެންކަމުން ސީރީޒްގައި ފުރަތަމަ ފެނިގެންދާނީ، ނިމިއުއޭ ގެ ޒުވާން ދުވަސްވަރެވެ.

މީގެ ކުރިންވެސް މި ވާހަކައަށް ބިނާކޮށް އެކި ފިލްމްތަކާއި ސީރީޒްތައް ހަދާފައިވާއިރު، މި ހުރިހާ އުފެއްދުންތަކެއްގައިވެސް ވާހަކަ ހާއްސަކޮށްފައިވަނީ، މާލިން އަދި އާތާ ގެ ކެރެކްޓަރއަށެވެ. އެގޮތުން "މާރލިން" ގެ ނަމުގައި ގެނެސްދިން ސީރީޒްއަކީ، ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ސީރީޒްއެކެވެ.

"ކާސްޑް" ސީރީޒް ރަސްމީކޮށް ނެޓްފްލިކްސް އިން އިއުލާންކޮށްފައިވާއިރު، ސީރީޒްގެ ފަސްޓް ލުކް ވެސް މިހާރު ވަނީ ދައްކާލައިފައެވެ. އެގޮތުން މި ސީރީޒް އަކީ، ގޭމް އޮފް ތްރޯންސް އަދި ވިޗާ އާއި އެއް ކަހަލަ އިހްސާސެއް ގެނެސްދޭނެ ސީރީޒްއްކަމަށް އާއްމުން އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް މި ސީރީޒްގެ އެންމެ ހާއްސަ އެއް ތަންކޮޅަކީ، މި ފިލްމްތަކާއި ހިލާފަށް "ކާރސްޑް" ސީރީޒް ބިނާވެފައިވަނީ، އަންހެން ކެރެކްޓަރ އަކަށް ވުން ކަމަށް ނެޓްފިލްކްސް އިން ބުނެފައިވެއެވެ.

"ކާރސްޑް" ގައި ލީޑު ރޯލު، "ނިމިއުއޭ" ގެ ރޯލުން ފެނިގެންދާނީ، ނެޓްފިލްކްސް ގެ "13 ރީޒަންސް" އިން ވިދާލި އެކްޓްރެސް "ކެތްރީން ލެންގްފޯޑް" އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ