ސަރުކާރުގެ މުވައްޒަފުންނަށް މީގެ ކުރިންވެސް ރަމަޟާންމަހުގެ އިތުރުގަޑީގެ ފައިސާ ދެމުން އައިގޮތަށް، އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކި ފަރާތްތަކަށް ދައުލަތުން ދޭ މުސާރަ އާއި ޢިނާޔަތްތަކަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަރކިއުލާގައި ބުނެފައިވަނީ،ރަމަޟާން މަހަކީ ޚާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައެޅިފައިވާ މަހަކަށް ވާތީ، ހަވާލާދީފައިވާ ސަރކިއުލަރގެ 6 ވަނަ ނުކުތާއަށް އަމަލުކުރާނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހަށް ފަހުގައި، 8 ޝައްވާލް 1441 އިން ފެށިގެން ކަމަށެވެ.
"7 ޝައްވާލް 1441 ގެ ނިޔަލަށް އިތުރުގަޑީގެ ފައިސާ ކަނޑައެޅުމުގައި އަމަލުކުރާނީ މީގެ ކުރިންވެސް އަމަލުކުރަމުންދާ އުސޫލަށް ކަމަށާއި، 8 ޝައްވާލް 1441 އިން ފެށިގެން އަމަލުކުރާނީ ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ނެރެފައިވާ މި މިނިސްޓްރީގެ ނަންބަރު 2020/30/B3/CIR-13 ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައި ދަންނަވަން." ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
ޝައްވާލު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިތުރުގަޑީގެ ފައިސާ ލިބޭނީ ވަޒީފާއައި ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހަފްތާއަކު 48 ގަޑިއިރުގެ އިތުރަށް މަސައްކަތްކުރާ މުވައްޒިފުންނަށް އެކަނިކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވާއިރު، މި ހާލަތުގައި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރާތައް ރިވިއުކޮށް އެކި މިންވަރަށް އުނިކުރަން ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ހިޔާލު
School thakuge OT dhenee principal adhi Deputy Principal ah. 33%. Mi varah OT dhinee minister ge engumah. Aharen mee salary sheet hadhaa meeheh. Meee dhogeh nun.