"މަލަންގް" ގެ ދެވަނަ ބައެއް ގެނެސްދެނީ!

މިއަހަރުގެ ކުރީކޮޅު ރިލީޒްކުރި ޑައިރެކްޓަރު މޯހިތު ސޫރީގެ ރޮމޭންޓިކް ތުރިލާ "މަލަންގް" ދެވަނަ ބަޔެއް ހަދަން ނިއްމައިފިކަމަށް އޭނާ ބުނެފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 7 ގައި ސިނަމާގައި ރިލީޒްކުރި މި ފިލްމް ވަނީ ދާދިފަހަކުން އޮންލައިން ޕްލެޓްފޯމް ނެޓްފިލިކްސްގައި ރިލީޒްކޮށްފައެވެ. އެއާއެކު ފިލްމަށް އާއްމުންގެ ފަރާތުން ހީނުކުރާފަދަ ބޮޑު ތަރުޙީބެއް ލިބުމުން، ފިލްމްގެ ސީކުއަލްއެއް ހަދަން ނިއްމީކަމަށް އޭނާ ބުންޏެވެ.

ޒުވާން އެކްޓްރެސް ދީޝާ ޕާޓްނީ އަދި އަދިތްޔާ ރޯއީ ކަޕޫރާ ލީޑު ރޯލުން ފެނިގެންދިޔަ "މަލަންގް" ނެޓްފިލްކްސް އަށް ލީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މި ފިލްމް ނެޓްފްލިކްސްގެ ގިނަ ރީޖަން ތަކުގެ ޓޮޕް 10 ގައި ހިމެނުނެވެ. އެހެންކަމުން ފިލްމަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.

މި ފިލްމް ބޮކްސް އޮފީހުގައިވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން މިއަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އޯޕަނިން ހޯދި ތިންވަނަ މި ފިލްމަށް މި ފިލްމް ވަނީ ވެގެންގޮސްފައެވެ. އެގޮތުން ފިލްމު ރިލީޒްކުރިތާ ފުރަތަމަ ދުވަހުވެސް އެ ފިލްމަށް ވަނީ ހަ ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.

"މަލަންގް" އަކީ އަދިތްޔާ އަދި ދީޝާ އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ. ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި އަނިލް ކަޕޫރު އަދި ކުނާލް ކެއްމޫ ހިމެނެއެވެ.

މި ފިލްމްގައި ކިޔައިދެނީ. އިންޑިއާގެ ވަކި ފުލުހުންތަކެއްގެ ކިބައިން ބަދަލު ހިފުމަށް މީހަކު ކުރާ ކަންތައްތަކެއްގެ ވާހަކައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ