ޖަޕާން ސަރުކާރުގެ ބޮޑު އެހީއެއް ރާއްޖެއަށް

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ވެދީފިއެވެ.

ދިވެހިރާއްޖޭގެ ޕޮރިންގ މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ޖަޕާނު ސަރުކާރުން ވަނީ 21،740،400 ރުފިޔާ ދެއްވާފައިކަމަށެވެ. މީގެ އިތުރުން މި މަހުގެ ކުރީކޮޅުވެސް، ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޖަޕާނުން ވަނީ ޔުނިސެފް މޯލްޑިވްސްއަށް 5،346،000 ރުފިޔާ އަދި މޯލްޑިވްސް ރެޑްކްރެސެންޓް އަށް 2،775،000 ރުފިޔާގެ އެހީއެއް ދެއްވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ ޖަޕާން ސަރުކާރުން ރާއްޖެއަށް ދެއްވި އެހީއާއި ގުޅިގެން ރާއްޖެ އަލުން ހުޅުވާލާއިިރު ސަރުކާރަށާއި އޮންޓަޕްރިނިއަރުންނަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

ޖަޕާން ސަރުކާރުގެ މި އެހީއަކީ ޔޫއެންޑީޕީގެ އެހީތެރުކަމާ އެކު ރާއްޖެއަށް ހަމަޖެހިގެން ދިޔަ އެހީއެއް ކަމަށާއި، އެއާއެކު މި އެހީގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްޠިޞާދު ޑައިވާސިފައި ކުރުމަށް އިންވެސްޓް ކުރުމަށްވެސް އެހީތެރިވެދޭނެކަމުގައި ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްޠިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ