އަނދުން ހުސައިން ހިއްސާވާ ސީރިއަސްގެ މުވައްޒަފުންތަކެއް ހާލުގައި ޖައްސައިފި

ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހިއްސާވާ ސީރިއަސްގެ މުވައްޒަފުންނަށް ރަމަޟާން އިނާޔަތް ނުދީ ހާލުގައި ޖައްސައިފި އެވެ.

މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ޑިރެކްޓަރަކަށް ހުންނަ ސީރިއަސް އެންޓަރޕްރައިސަސްގެ 5 މުވައްޒަފަކު ނޯޕޭއަށް ފޮނުވައިި، ހުރިހާ މުވައްޒަފުންގެ މުސާރައިގެ %50 ކަނޑާލާފައިވާކަމުގެ މައުލޫމާތު މި ނޫހަށް ވަނީ ލިބިފައެވެ.

ނޯޕޭ އަށް ފޮނުވާފައިވާ 5 މުވައްޒަފުން ވެސް ނޯޕޭ އަށް ފޮނުވާފައިވަނީ އެއްވެސް މުއްދަތެއް ނެތް ގޮތަށެވެ. އަދި އެ ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ރަމަޟާން އެލަވަންސްވެސް ދީފާއި ނުވާކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޮވިޑް-19 އާއިގުޅިގެން ކުންފުނިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ދޫކުރާ ލޯނުވެސް މި ކުންފުނިން ނަގާފައިވާ ކަމަށެވެ. ސަރުކާރުން ފުރަތަމަ ވަނީ މުވައްޒަފުން ވަކިކޮށްފައިވާ ކުންފުނިތަކަށް ސަރުކާރުން ދޫކުރާ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ލޯނު ދޫނުކުރުމަށް ނިންމާފައެވެ. ނަމަވެސް ފަހުން ވަނީ ވަކިކޮށްފައިވާ މުވައްޒަފުންނަށް އަލުން ވަޒީފާ ދޭ ކުންފުނިތަކަށް ލޯނު ދިނުމަށް ނިންމައިފައެވެ.

ކުންފުނީގައި 4 ޑިރެކްޓަރުން ތިއްބަވާއިރު މިކަމާއި ގުޅޭ މައުލޫމާތު މައުލޫމާތު ސާފުކުރެއްވުމަށް ޑިރެކްޓަރަކަށް ގުޅާލުމުން ދެންނެވީ ތިކަމާއި ބެހޭ މަޢުލާމާތު ޖެހޭނީ އެޗްއާރް އިން ސާފު ކުރައްވަން ކަމަށެވެ.

ސީރިއަސް ކުންފުންޏަކީ 1993 އުފައްދާާފައިވާ ކުންފުންނެކެވެ. މިކުންފުންޏަކީ ފުޅާ ދާއިރާއެއްގައި ލޯންޗު ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެއްކެވެ. މީގެ އިތުރުން ރާއްޖެ އަށް ކާރު އެތެރެކޮށް، މަރާމާތުކޮށް ވިއްކާވެސް ކުންފުންޏެކެވެ.

މިލިޔުން ކިޔާލުމުން
2221316
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ