ޑޯނިއަރ ފްލައިޓްގެ ސަބަބުން ވަގުން ޖެހިލުންވެ ބިރުގަންނާނެ: ޝަހީމް

އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއަރ ފްލައިޓްގެ ސަބަބުން ވަގުން ޖެހިލުންވެ ބިރުގަންނާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތްކުރެވެމުންދިޔަ ޑޯނިއަރ މަތިންދާބޯޓު ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށް ކަމަށެވެ. އަދި ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް މި މަތިންދާ ބޯޓު ބޭނުން ކުރަން ހަމަޖެހިފައިވާ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ހުސައިން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ްިންޑިއާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަތިންދާބޯޓޫ އެމްއެންޑީއެފް ކޯސްޓްގާޑްގެ ނިޝާނާ ކުލަޔާއެކު ރާއްޖެއަތުވެއްޖެ ކަމަށެވެ. އަދި ވަގަށް ޑްރަގް އެތެރެކުރާ މީހުންނާ ބޭރުމީހުންނާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މަސް ފޭރޭ މީހުން ޖެހިލުންވެ ބިރުގަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޖުމްލަ 54 އޭރިއަލް ސާރވައިލަންސް އޮޕަރޭޝަން ވަނީ ހިންގާފައެވެ.

މިފްލައިޓް ރާއްޖޭގައި އުދުހުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ޙަރަކާތްތެރިވާ ގޮތަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ