އެކަށީގެންވާވަރަށް ޕީޕީއީ ނެއްކަމަށްބުނި އިންޑިއާ ޑޮކްޓަރު ސިކުނޑީގެ ބަލިމީހަކަށް ހަދައިފި

އެކަށީގެންވާ މިންވަރަށް ސިއްހީ އެހީތެރިންނަށް ބޭނުންވާ ޕާސަނަލް ޕުރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ނެއްކަމަށްބުނެ ނޫސްތަކުގެ ފަލަސުރުހީން ޖާގަހޯދި އިންޑިއާ ޑޮކްޓަރު ސިކުނޑީގެ ބަލިމީހުންބަލާ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފިއެވެ.

ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި 20 އަހަރުވާންދެން މަސައްކަތް ކޮށްފައިވާ ޑރ. ސުދާކަރު ރާއޯ ސިކުނޑީގެ ބަލިމީހުންބަލާ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވާކަން އިންޑިއާގެ ފުލުހުން ބުނެފައިވަނީ، ޑރ. ރާއޯ އާއި ފުލުހުންނާއި ދެމެދު މަގުމަތީގައި ހިނގި ކުރިމަތިލުންތަކަކަށްފަހުގައެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެއްނަ ގޮތުގައި ފުލުހުންނާއި ޑރ. ރާއޯ އާއި ކުރިމަތިލުމަކަށް ގޮސްފައިވަނީ ހައިވޭގައެވެ. އަދި ވީޑިއޯއިން ފެންނަ ގޮތުގައި ޑރ. ރާއޯ ހުންނަނީ ހުސްގަޔާއެވެ.

މިމައްސަލައިގައި ފުލުހުން ބުނެފައިވަނީ ޑރ. ރާއޯ ހައްޔަރުކޮށްފައިވަނީ މަގުމަތީ ރާބޮއިގެން އުޅޭކަމަށްބުނެ މީހަކުކުރި ރިޕޯޓަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް، މިވާހަކަތައް ދޮގުކޮށް ޑރ. ރާއޯ ހައްޔަރު ކުރަނިކޮށް އޭނާ ބުނެފައިވަނީ އޭނާ ކާރުގައި ދަނިކޮށް ހުއްޓުވައި ފުލުހުން ބާރުގެ ބޭނުންކޮށް އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޑރ، ރާއޯ އެންމެ ފުރަތަމަ މީޑިއާގެ ސަމާލުކަމަށް އައިސްފައިވަނީ، ޑޮކްޓަރުން ބޭނުންކުރާ މިންވަރަށް ފޭސްމާސްކް ލިބެން ނެއްކަމަށް ބުނެ މީޑިއާގައި ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ. "އަޅުގަނޑުމެންގެ ކައިރީގައި ބުނީ 15 ދުވަސް ވަންދެން އެއް މާސްކް ބޭނުން ކުރާށޭ. އެއަށް ފަހުގައޭ އާ މާސްކެއް ލިބޭނީ،. ކިހިނެއްތޯ މިހެން ފުރާނަ އައްމައްޗަށް ލައިގެންތިބޭ ހާލުގައި ބަލި މީހުން ބަލާނީ،" އޭނާ ވިދާޅުވި އެވެ.

މިވާހަކަތަކާއި ގުޅިގެން މިހާތަނާ ޖެހެންދެން ޑރ. ރާއޯ ހުރީ ސިއްހީ މަސައްކަތްތަކުން ސަސްޕެންޑު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ