މިސްކިތުގެ ޖަމާޢަތަށް ވަޑައިގަންނަވާއިރު ވުޟޫކޮށް، މުޞައްލަ ގެންދަންޖެހޭ

މާދަމާގެ ހުކުރު ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާއިރު، ޖަމާޢަތަށް ވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ގެއިން ވުޟޫކޮށް، މުޞައްލަ ގެންދަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ، ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ޖަމާޢަތުގައި ނަމާދުކުރުން މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލޭގައި، އަދި އެޕްރީލް 19 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މެދުކަނޑާލުމަށްފަހު، މާދަމާގެ ހުކުރު ނަމާދުން ފެށިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި އަލުން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމާއި ގުޅިގެންނެވެ.

"އެބޭފުޅުން އިރުސާރު ދެއްވާފައިވޭ މިސްކިތަށް ވަޑައިގަންނަވާއިރު ގެއިން ވުޟޫކޮށްގެން އައުމާއި، އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި، ރޯގާޖެހި ކިނބިހި އަޅާ މީހަކުނަމަ މިސްކިތަށް ނައުމާއި، މިސްކިތުގައި މާގިނަ ވަގުތު ހޭދަނުކުރުމާއި، ކޮންމެ ބޭފުޅަކުވެސް މިސްކިތަށް ވަޑައިގަންނަވާއިރު މުޞައްލަ ހިފައިގެން މިސްކިތަށް ވަޑައިގެންނެވުމާއި، މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުމުގެ އިތުރުން މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް ބޭނުންކުރެއްވުން." ޞިއްހީ ފަރާތްތަކުން މިކަމާއި ގުޅިގެން ދެއްވާފައިވާ އިރުސާދުތައް ސާފުކޮށްދެއްވައި އިސްލާމިކް މިމިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެލްޖީއޭ އާއި ކައުންސިލްތަކާއި ގުޅިގެން މާދަމާގެ ހުކުރު ނަމާދުގެ ޖަމާޢަތުން ފެށިގެން ނަމާދުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިކަމާއި ގުޅޭ އިރުސާދުގެ ސާކިއުލާއެއް ކައުންސިލްތަކަށް ފޮނުއްވާނެ ކަމަަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ