ކާރު ދުއްވަންހުރެ ފޯނު ބޭނުންކުރި މައްސަލައެއްގައި އިންގްލޭންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ކާރުދުއްވުން މަނާކޮށްފިއެވެ.
މިމައްސަލާގައި ޑޭވިޑް ބެކަމް ހަމަސް ދުވަހުގެ މުއްދަތަކަށް ކާރު ދުއްވުންވަނީ މަނާކޮށްފައެވެ. އަދި 750 ޕައުންޑުން ޖޫރުމަނާކޮށްފައިވާއިރު، އެއްލައްކަ ޕައުންޑްގެ އަގުހުރި ބެންޓްލޭއެއްގައި ފޯން ބޭނުންކުރަމުން ދަނިކޮށް ޑޭވިޑް ބެކަމް ލަންޑަންގެ މެދުތެރެއިން އަތުލައިގެންފައިވަނީ މިދިޔަ ނޮވެމްބަރުމަހުއެވެ.
ބްރޮމްލޭ މެޖިސްޓްރޭޓް ކޯޓުގައި އޮތް މިމައްސަލާގައި އަޑުއެހުމަށް ބެކަމްއައީ ޗައިނާގައި އޮތް ޕްރެސް ކޮންފެރެންސްއަކަށް ދިޔަތާ 24 ގަޑިއިރު ފަހުންނެވެ. އޭރު މައްސަލަ ކޯޓުގައި އޮތްނަމަވެސް މިކޮންފެރެންސްގައި ބެކަމް ސަޕޯޓަރުންނާ ކުރިމަތިލީ ހިނިތިންވުމާއެކުގައެވެ. އެތަނުން ސަޕޯޓަރަކު މިމައްސަލައާއި ގުޅިގެން ސުވާލުކުރުމުން ބެކަމްދިނީ ބީރުކަންފަތެކެވެ.
މިމައްސަލާގައި ބެކަމް ހައްޔަރުކުރިއިރު ބެކަމްގެ ލައިސެންސްގައި ހަ ޕޮއިންޓްއިނެވެ.
21 ނޮވެމްބަރުގައި ގްރޭޓް ޕޯޓުލޭންޑް ސްޓްރީޓްގައި ހިނގާދިޔަ މިހާދިސާގައި ފޯން ބޭނުންކުރިކަމަށް ބެކަމްވަނީ އެއްބަސްވެފައެވެ.
މިއަދާ ޖެހެންދެން މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުރިން ކުޅެދިން ބެކަމް މިމައްސަލާގައި އަތުލައިގެންފައިވަނީ ބާރު ސްޕީޑްގައި ދުއްވި މައްސަލައަކުން ސަލާމަތްވިތާ ދެމަސްފަހުންނެވެ.
މިދިޔަ އަހަރުގެ 23 ޖެނުއަރީގައި ގަޑިއަކު 40 ކިލޯމީޓަރަށް ދުއްވަން ހުއްދައޮންނަ ޒޯންއަކުން އެފަހަރު ބެކަމް އަތުލައިގެންފައިވަނީ ގަޑިއަކު 59 ކިލޯމީޓަރު ބާރުމިނުގައި ދުއްވަނިކޮށްނެވެ.އަދި އެއަހަރުގެ ސެޕްޓެމްބަރގައި ޑިސްޓްރިކްޓް ޖަޖުވަނީ މިދަޢުވާތަށްވަނީ ބާޠިލްކޮށްފައެވެ.