އެމްބާޕޭގެ މުސްތަޤުބަލާމެދު ގޮތް ނިންމާމީހަކަށް ބެކަމް!

ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭގެ މުސްތަޤުބަލްގައި ނިންމާ ނިންމުންތައް ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އަތްމައްޗަށް ދޫކޮށްލަން އުޅޭކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

'ފުޓްވޯކް މެނޭޖްމެންޓް' ގެ ނަމުގައި ދާދިފަހުން ކުންފުންޏެއް ހުޅުވައި އުމުރުން 44 އަހަރުގެ ބެކަމްވަނީ ފުޓްބޯޅަ އޭޖެންސީގެ ދާއިރާއަށް ވަދެފައެވެ.

އާ ކުންފުންޏަކާއެކު އެމްބާޕޭގެ އޭޖެންޓަކަށް ވުމުގެ އުންމީދުގައި ބެކަމް ހުރިއިރު، އެމްބާޕޭ އާއި ބެކަމްގެ މިއާއެޖެންސީއާއި ދެމެދު އެއްބަސްވުންތަކުގައި މިހާރު ސޮއި ކުރެވިފައިވާކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

އެމްބާޕޭގެ މިހާރުގެ އޭޖެންޓަކީ އޭނަގެ ބައްޕަ ވިލްފްރީޑެވެ.

ގާތް ދެ ރައްޓެހިންނާއެކު ބެކަމް ހުޅުވި މިކުންފުނި ޤާއިމުކޮށްފައިވަނީ ލަންޑަނުގައެވެ. މީގެއިތުރުން ބެކަމްއަކީ އެމެރިކާގެ ފުޓްބޯޅަ ކްލަބެއްކަމަށްވާ އިންޓަރ މިއާމީގެ އެއް އޯނަރެވެ. އިންޓަރ މިއާމީ އެމެރިކާ ލީގުގައި ފުރަތަމަ ފަހަރަށް ފެނިގެން ދާނީ 2020 ވަނަ އަހަރުއެވެ.

އެހެންކަމުން އެމްބާޕޭގެ އޭޖެންޓަކަށް ބެކަމް ވެއްޖެނަމަ، އެމްބާޕޭ ގެންދަން ރެއަލްމެޑްރިޑުން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދާނެކަމަށް ބެލެވެއެވެ. އަދި ރެއަލްމެޑްރިޑްގެ ބަދަލުގައި އިންޓަރ މިއާމީއާއި އެމްބާޕޭ ގުޅުން ބޮޑަށް ގާތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ