އުމުރުން 45 އަހަރުގެ މަޝްހޫރު ކުރީގެ ފުޓްބޯލް ކުޅުންތެރިޔާ ޑޭވިޑް ބެކަމް ލޮކްޑައުންގައި ކުރި ކަމަކީ މާމުއި ކުޅަނދުރު ގެންގުޅުމެވެ. އޭނާގެ މި މަސައްކަތް ކުރިއަށް ގެންގޮސް އޭނާ މިހާރު ބޭނުންވަނީ އޭނާގެ މާމުއި ކުޅަނދުރުތައް އުފެއްވި މާމުއިތައް ވިއްކާލުމަށެވެ.
ރިޕޯޓަތައް ބުނާ ގޮތުން ޑޭވިޑް ބެކަމް މިހާރު ބަލަމުންދަނީ މި މާމުތައް ކިޔާނެ ރަނގަޅު ނަމެކެވެ. އެގޮތުން ޑީ ބީ، ސެވެން ހަނީ އަދި ގޯލްޑެން ބީސް ހިމެނެއެވެ.
ޑޭވިޑް ބެކަމް މާމުއި ކުޅަނދުރު ގެންގުޅެން ފަށާފައި ވަނީ ހޮބީއެއްގެ ގޮތުން ލޮކްޑައުންގެ ފުރަތަމަ ދުވަސްވަރުއެވެ. ނަމަވެސް މިހާރު އޭނާ އެކަން ވަރަށް ކުރާހިތްވެއެވެ.
ހަމައެޔާއެކު، ޑޭވިޑް ބެކަމްގެ ހަޔާތާއި މެދު ޑްކިއުމެންޓްރީއެއް ވެސް އުފައްދަން ވާހަކަ ދައްކަމުންދާ ކަމުގައި ރިޕޯޓްތަކުން ބުނެފައި ވެއެވެ. މި ޑްކިއުމެންޓްރީގައި އޭނާ ފުޓްބޯޅައިން ރިޓަޔާ ކުރުމާއި އިންޓަރ މިއަމީގެ މަސައްކަތާއި އަދި އޭނާގެ ޒަވާޖީ ހަޔާތައް އަލިއަޅުވާލާނެއެވެ.




ހިޔާލު
މާމުތޭ؟؟ މާ މުތަކީ ބޮޑެތި މުތް ދޯ؟ މުންޖޭ ލިޔެބަލަ. މާމުއި ލިޔަން ނޭގެ ބަޔަކަށް ކޮން ނޫސްވެރިކަމެއް ކުރެވޭނީ.