"ބެޓްވުމެން" ސީރީޒްގެ ލީޑު ތަރި "ރޫބީ ރޯޒް" ޝޯއިން ވަކިވެއްޖެ!

ޑީސީ ގެ މަޝްހޫރު ސީރީޒް "ބެޓްވުމަން" ގައި ބެޓްވުމަން ރޯލު ކުޅެމުން އަންނަ ލީޑު ތަރި ރޫބީ ރޯޒް އެ ޝޯއިން ވަކިވެއްޖެއެވެ. ޝޯއިން ވަކިވާކަން ރޫބީ މިހާރު ޔަޤީންކޮށްދީފައިވާއިރު، މިއީ ނިންމަން ވަރަށް އުނދަގޫ ނިންމުމެއް ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ރޫބީ ޝޯއިން ވަކިވުމާއި ގުޅިގެން އެ ރޯލަށް މިހާރު އެހެން ތަރިއަކު ހޯދަމުން އަންނަކަމުން ޝޯގެ އުފެއްދުންތެރިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ރޫބީ ޝޯއިން ވަކިވާތީވެ ޝޯގެ ފޭނުން ވަނީ އެކަމާއި ހިތާމަ ފާޅުކޮށްފައެވެ.

ސްޓޭޓްމެންޓްއަކުން، ޝޯއިން ވަކިވާކަން ރޫބީ ހާމަކުރިއިރު، އޭނާ ބުނީ، ޝޯގެ ދެން އޮތް ސީޒަނަށް އެނބުރި ނާންނަން، އޭނާ ނިއްމާފިކަމަށެވެ. އަދި މި ނިންމުން ނިއްމީ ވަަރަށް އުނދަގުލުންކަމަށް އޭނާ ހާމަކުރިއެވެ. ނަމަވެސް މިއީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމި ނިންމުމެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ޝޯގައި ހަރަކާތްތެރިވާ ކާސްޓުންނާއި، ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރަށް ވަރަށް ބޮޑަށް އިހްތިރާމް ކުރާކަމަށް އޭނާ ބުންޏެވެ. އަދި މި ފުރުސަތު އޭނައަށް ދިނުމުގެ އިތުރުން ޑީސީގެ ދުނިޔެއަށް ވަދެލުމުގެ ފުރުސަތު ދިނީތީވެ ޝޯގެ އުފެއްދުން ތެރިންނަށް ރޫބީ ވަނީ ޝުކުރު އަދާކޮށްފައެވެ.

ރޫބީގެ މި ނިންމުމަށް ވާރނާ ބްރަދާސް އަދި ޑީސީ އިން ރައްދުދީފައިވާއިރު، ޝޯގެ ފުރަތަމަ ސީޒަން ކާމިޔާބު ވުމުގައި ހިމެނުނީތީވެ ރޫބީ އަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތާގައި ފާގަތި މުސްތަގުބަލަކަށްވެސް އެދިފައިވެއެވެ.

"ބެޓްވުމަން" ގެ ފުރތަމަ ސީޒަނަށް ފަހު ރޫބީ ޝޯއިން ވަކިވީ ކީތްވެކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ