އެކަށީގެންވާ ފަރުވާނުދެވި، އުމުރުން ހަތަރު މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކުއްޖާ ނިޔާވެފައި ވަނީ، ހޮސްޕިޓަލުގެ އިހުމާލުންނެވެ.
މި ހާދިސާ އާއި ގުޅޭގޮތުން އިތުބާރުހުރި ފަރާތަކުން މިނޫހަށް މައުލޫމާތު ދިންގޮތުގައި، އެރޭގެ އިރާކޮޅު އެކުއްޖާއަށް ޕުއްޕުނުލެވޭތީ ފުރަތަމަ އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރު ބަލާފައި މާބޮޑުކަމެއް ނެތޭކިޔާފައި ފޮނުވާލީއެވެ. ދެން އަނެއްކާ އެކުއްޖާ ރޯތީވެ އެރޭގެ ދަންވަރު ހޮސްޕިޓަލަށް ގެންދިއުމުން ބޭއްވީ ކަމަށް އެފަރާތުން މިނޫހަށް މައުލޫމާތު ދިނެވެ.
އެކުއްޖާ ނިޔާވެފައި ވަނީ އެނެއްދުވަހުގެ މެންދުރެއްހާއިރުކަމަށްވެސް މިނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަދި އާއިލާ އާއި ހަވާލާދީ އެފަރާތުން ބުނީ، ކުއްޖާ މަރުވީ ގޮހޮރު ދުޅަވެގެން ސާޖަރީ ހެދުން ލަސްވެގެން ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން މާފަށް އެދިފައިވާކަމަށްވެސް އެފަރާތުން މިނޫހަށް މައުލޫމާތު ދިނެވެ.



