މިރޭ 7:00 ޖަހެންދެން މުޅި ރާއްޖެ ވައިޓް އެލާޓުގައި

މިރޭ 19:00 އާއި ހަމަޔަށް މުޅި ރާއްޖެ އަށް ވައިޓް އެލާޓު ނެރެފިއެވެ.

މިއަދު 14:00 އިން ފެށިގެން ހއ އަތޮޅުން ދ އަތޮޅަށް ވައިޓް އެލާޓު ނެރެފައިވާއިރު އެލާޓުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަ ވާނެ ކަމަށެވެ.

އޭގެ ފަހުން މެޓު އޮފީހުން ވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލާޓު ނެރެފައިވާއިރު ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މެޓު އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަ ވާނެ އަދި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް. ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ