މޫސުން ގޯސްވެ، 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ ، ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކޮށް، އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭ ކަމަށެވެ.
މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭގެ21:00 އިން ދަންވަރު 02:00 އަށް ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓު އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަ ވާނެ އަދި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.



