"ދަ ކިސިން ބޫތް" ގެ ދެވަނަ ބައި ޖުލައި 24 ގައި!

2018 ވަނަ އަހަރު ނެޓްފިލިކްސް އިން ގެނެސްދިން އެމީހުންގެ އޮރިޖިނަލް ފިލްމެއްކަމުގައިވާ "ދަ ކިސިން ބޫތް" ވީ ބޮޑު ހިޓަކަށެވެ. އެއާއެކު ފިލްމްގެ ދެވަނަ ބަޔެއް ހެދުމަށް ފޭނުން ދިޔައީ އެދެމުންނެވެ. އަދި ފިލްމްގެ ދެވަނަ ބައި ގެނެސްދޭން ފަށާނެކަން އިއުލާންކުރި ހިސާބުން ބެލުންތެރިން ދިޔައީ ފިލްމަށް ވަރަށް ބޮޑު އިންތިޒާރީއެއް ކުރަމުންނެވެ.

ދެން މާ ބޮޑު އިންތިޒާރެއް ކުރާކަަށް ނުޖެހޭނެއެވެ. "ދަ ކިސިން ބޫތް" ގެ ދެވަނަ ބައި ރިލީޒްކުރާނެ ދުވަސް ނެޓްފިލްކްސް އިން މި ވަނީ އިއުލާންކޮށްފައެވެ. މި ފިލްމް ނެޓްފިލްކްސް އިން ދައްކަން ފަށާނީ، އަންނަ ޖުލައި މަހުގެ 24 ގައެވެ.

މި ފިލްމް ރިލީޒްކުރާނެ ތާރީޙް ނެޓްފިލްކްސްއިން ޔަޤީން ކޮށްދީފައިވާއިރު، ފިލްމްގެ ތަރިންވެސް އިންސްޓްގްރަމްގައި މި ޙަބަރު ވަނީ ހިއްސާކޮށްފައެވެ. އެއާއެކު ފޭނުންނަށް ލިބިގެންދިޔައީ ވަރަށް ބޮޑު އުފަލެކެވެ.

ފުރާވަރުގެ ކުދިންތަކެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމްގައި، ރަހްމަތްތެރިކަމުގެ މުހިއްމުކަން ވެސް ދައްކުވައިދެއެވެ. އެގޮތުން އަންހެން ކުއްޖަކު އޭނަގެ އެންމެ ގާތް ފިރިހެން ރަހްމަތްތެރިޔާގެ ބޭބެ ދެކެ ލޯބިވުމާއި ގުޅިގެން ހިނގާ ކަންތައްތަކެއް ފުރަަތަމަ ބައިގައި ދައްކުވައިިދިނެވެ.

މި ފިލްމްގެ ތަރިންގެ ތެރެއިން، އަންހެން ލީޑުން ފެނިގެންދަނީ، އެކްޓްރެސް ޖޯއީ ކިންގް އެވެ. އަދި އޭނަގެ ބެސްޓްފްރެންޑް ގެ ރޯލު ކުޅުނީ، އެކްޓަރު ޖޯލް ކޯޓްނީ އެވެ. މީގެ އިތުރުން ލޯބިވެރިޔާގެ ރޯލުން ފެނިގެން ދިޔައީ، ޖޭކޮބް އެލޯރޑީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ