ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ބައްލަވާނެ ކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަން އަދި މަރުތަކުގެ މައްސަލަތައް ކުރިޔަށް ގެންދެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަރަށް ބޮޑު ޔަޤީން ކަމެއް ދެއްވި ކަމަށެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ޢީދުގެ ތަޙްނިޔާ ދަންނަވަން ރައީސް ނަޝީދު ގުޅުއްވުމުން ކަމަށް އެމަނިކުފާނުގެ ޓްވީޓްގައި ބުނެފައި ވެއެވެ. ރައީސް ނަޝީދު ވަނީ އަދާލަތު ޕާޓީގެ ރައީސް ކަންވެސް ކުރައްވަމުން ގެންދަވީ މިނިސްޓަރ އިމްރާން ޢަބްދުﷲ އަށް މިކަމާއި ގުޅިގެން ޝުކުރު ދަންނަވާފައެވެ.
Eid ge thahniya dhannavan Minister @ShimranAb ah alhugadu gulhaalin. Minister varah bodu yaqeen kameh dhevvi nimidhiya sarukaarun hingavafa corruptionai vakkan adhi maruthakuge massalathah kuriah gendhevumah kuravvan jehivadaigannava kankan kuravvane kamah. Shukuriyya Minister
— Mohamed Nasheed (@MohamedNasheed) May 25, 2020
ދާދިފަހުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް އުފަން ދުވަހުގެ ތަޙްނިޔާ ކިޔައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ސިޔާމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓެއް ރިޓްވީޓް ކުރައްވާފައެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ޔާމީން މިނިވަން ކުރައްވަން ގޮވާލައްވަނީތޯ އެމްޑީޕީގެ ގިނަ ބަޔަކު ދިޔައީ ސުވާލު ކުރައްވަމުންނެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން ނަޝީދު އަތުން ލިޔުއްވާފައިވާ ލިޔުންކޮޅެއް ކަމަށް ވިދާޅުވާ ލިޔުންކޮޅެއް މީސް މީޑިއާގައި ވަނީ ދައުރުވާން ފަސާފައެވެ.
އެލިޔުން ކޮޅުގައި ބުނެފައިވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ. "އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލޭނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއްނެތް. މަރު ކޮމިޝަން ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން،" އެލިޔުންކޮޅުގައި ބުނެފައި ވެއެވެ.
ހިޔާލު
Furathama ves huvayaa khilaafuvee. Vaki kame balavee keevve. Qaanoonu fashanee vaki hisaabakuntha imuraanu. Kaley thihiree moyavefatha. Kurin ebahuri maa bodethi jareemaa hingaifa. Kaley evaahathaves govee