އެއް ގެއެއްގައި ދިރިއުޅޭ 7 މީހުންގެ ތެރެއިން 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މާލޭގައި އެއްގައެއްގައި ދިރިއުޅޭ މި 7 މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ދެމަފިރިންނާއި އެ ދެމަފިރިންގެ 12 އަހަރުގެ ދަރިއަކާއި އަންހެން މީހާގެ މަންމަ އާއި ކޮއްކޮ އެކެވެ. ކޮވިޑް-19 އަށް ނެގެޓިވް ވެފައިވަނީ އެ ދެމަފިރިންގެ 2 ދަރިއެކެވެ. ޕޮޒިޓިވް ނުވާ އެއް ކުއްޖަކީ އުމުރުން 13 އަހަރު ވެފައިވާއިރު އަނެއް ކުއްޖާގެ އުމުރުން 7 އަހަރަވެ.
އޮންލައިން ނޫސް ދުވަސް އެމްވީ ގައި ބުނެފައިވަނީ އެ ނޫހަށް މައުލޫމާތު ދެމުން އެ އާއިލާ މީހަކު ބުނެފައިވަނީ އެގެއިން ފުރަތަމަ ޕޮސިޓިވްވީ އަންހެން މީހާގެ މަންމަ އާއި ކޮއްކޮ ކަމަށެވެ. އޭގެ އެއް ދުވަސް ފަހުން އަލާމާތްތައް ފެންނަން ފެށުމުން ސީދާ ގުޅުން ހުރި މީހުންނަށްވާތީ އެ ދެމަފިރިންނާއި ތިން ކުދިންވެސް ޓެސްޓު ކުރި ކަމަށެވެ.
ނެގިޓިވް ވި ދެކުދިންވެސް އެކަމަކު އެކަނި ބޭތިއްބެން ނެތުމުން އިއްޔެ ރޭގައި އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައި ކަމަށް އާއިލާ އާއި ހާވާލާދީ ދުވަސް އެމްވީ ގައި ވަނީ ބުނެފައެވެ. ނެގެޓިވްވި ދެ ކުދިންގެ ގައިން މިހާރު އަލާމާތްވެސް ނުފެންނަ ކަމަށް އެނޫހުގައި ވަނީ ބުނެފައެވެ.
ޕޮޒިޓިވް ވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކު ހިމެނޭއިރު މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވެފައިވަނީ ހަތަރު މާބަނޑު މީހުންނެވެ. އޭގެ ތެރެއިން އެކަކު މިހާރު ވިހާފައި ވާއިރު ވިހޭ ތުއްތު ކުއްޖާ ވަނީ ނެގެޓިވް ވެފައެވެ.




