ކިމް އަދި ކާންޔޭ، ކައިވެންޏަށް 6 އަހަރު ފުރުން ފާހަގަކޮށްފި!

"ކީޕިން އަޕް ވިތް ކާޑޭޝިއަންސް" ގެ މަޝްހޫރު އެމެރިކަން ސެލެބްރިޓީ ކިމް ކާޑޭޝިއަން އަދި އޭނަގެ ފިރިމީހާ، ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ގެ ކައިވެންޏަށް 6 އަހަރުފުރުމުގެ އެނިވާސަރީ މި ދެ ތަރިން ފާހަގަކޮށްފިއެވެ.

މި ދެ ބައިވެރިންގެ ކައިވެންޏަށް ހަ އަހަރު ފުރުނުކަން ފާހަގަކޮށް، ދެމީހުންގެ ފޮޓޯއެއް ކިމްގެ އިންސްޓްގަރަމްގައި ވަނީ ހިއްސާކޮށްފައެވެ. އަދި މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ، 6 އަހަރު ފާއިތުވެއްޖެކަމަށާއި، އަދި މުޅި އުމުރަށްވެސް އެކުގައި ކުރިއަށްގޮސް ނިމިދޭނީވެސް އެކީގައި ކަމަށެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މި ދެމީހުންގެ ގުޅުމަށް ހީނަރުކަމެއް އައިސްފައިވާކަމަށްވެސް ޙަބަރު ފެތުރިގެންދިޔައެވެ. ނަމަވެސް މި ދެ ބައިވެރިން މިވަގުތު ކަރަންޓީނުގެ ދުވަސްތައް ހޭދަކުރަމުންދަނީ، ލޮސް އެންޖެލަސްގައި ހުންނަ އަމިއްލަ ގޭގައި، އެމީހުންގެ 4 ދަރިންނާއެކުއެވެ.

View this post on Instagram

6 years down; forever to go Until the end

A post shared by Kim Kardashian West (@kimkardashian) on

ކިމް ގެ މި އިންސްޓަގްރަމް ޕޯސްޓަށް، ކިމްގެ މަންމަ ކްރިސް ޖެނާވެސް އެނިވާސަރީގެ ތަހުނިޔާ ފޮނުވާ ކޮންމެންޓްކޮށްފައިވެއެވެ. އަދި ކިމްގެ ދައްތަވެސް ތަހުނިޔާ ފޮނުވާ ކޮމެންޓްކޮށްފައިވެއެވެ.

ކިމް އާއި ކާންޔޭގެ ކައިވެންޏަށް ހަތަރު އަންހެންދަރިން ލިބިފައިވެއެވެ. އެއީ އެންމެ ހަގު ދަރިފުޅު ދިހަ މަހުގެ ސައުމް އާއި، ހަތަރު އަހަރުގެ ސެއިންޓް، ދެ އަހަރުގެ ޗިކާގޯ، އަދި ދޮށީ ދަރިފުޅު 6 އަހަރުގެ ނޯތްއެވެ. .

ކިމް ވަނީ މީގެ ކުރިން ދެ ކައިވެންޏެއްކޮށްފައިވާއިރު، އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރީ މިޔުޒިކް ޕްރޮޑިއުސަރު ޑޭމަން ތޯމަސް އާއެވެ. އަދި އޭނަގެ ދެވަނަ ކައިވެނިކޮށްފައިވަނީ، މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކްރިސް ހަމްފްރީސް އާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ