ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ އަނާރާ ނަޢީމްގެ ޚާއްޞަ ދަރުސްއެއް މިއަދު ހެނދުނު އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އަލްއުސްތާޛާ އަނާރާ ނަޢީމްގެ ދަރުސްއަކީ އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުސެއް ކަމަށާއި، އެ ދަރުސްގެ މަޢޫލޫއަކީ "ދުލުގެ ނިޢުމަތަށް ޝުކުރުވެރިވަމާތޯ!" ކަމަށެވެ.
އުސްތާޛާ އަނާރާގެ މި ޚާއްޞަ ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ 2019 މެއި 11 (މިއަދު) ހެނދުނު 10:30 ގައި އިބްރާހީމީ މިސްކިތުގައެވެ.
LECTURE EXCLUSIVE FOR WOMEN
— Ministry of Islamic Affairs (@MVIaffairs) May 10, 2019
"Dhuluge Niumathah Shukuruveri Vamaatho!" - Al Usthaza @AnaraNaeem
11 MAY 2019 | SATURDAY
Ibraaheemee Miskiy | 10:30 AM#MVIaffairs #Ramadan #Roadha40 pic.twitter.com/Wj1cgdBJ6S
ރަމަޟާން މަހާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން މާދަމާ ރޭވިފައިވާ ކަންތައްތަކަށް ބަލާލާއިރު، އަނާރާ ނައީމްގެ ދަރުސްގެ އިތުރުން މިއަދު އަޞުރު ނަމާދަށްފަހު ތަޤްވާވެރިވުމާ ގުޅޭގޮތުން ގިނަ މިސްކިތްތަކުގައި ދަރުސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއް ރަޚްމާންގެ ސުވާލާއި ޖަވާބު ސެސަނަކާއި، އަލްޤާރީ މޫސާ އަޙްމަދުގެ ތަޖުވީދުމަގުން ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްވެސް ކުރިއަށްދާނެއެވެ.