ޤާސިމް ދީލަތި އެތައް އެހީއެއް ދެއްވި، ހާލަތު ބަދަލުވުމުން އެކަން ދެނެހުރި މީހަކު ނެތް - ސައުދު

މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމް ވަނީ ދީލަތި ކަމާއެކު އެތައް އެހީއެއް ދިވެހި ރައްޔިތުންނަށް ދެއްވާފައި ކަމަށާއި ނަމަވެސް ހާލަތު ބަދަލުވުމުން އެކަން ދެނެ ހުރި މީހަކު ނެތް ކަމަށް ޖޫމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސައުދު ވިދާޅުވެއްޖެއެވެ.

ޤާސިމް އަށް ތަޢުރީފުކޮށް ސައުދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާސިމް އިބްރާޙީމް ވަނީ އިސްލާހުކުރި ތާރީޚީ ފެހި ޤާނޫނު އަސާސީ ދިވެހިންނަށް ގެނެސްދީފައިކަމަށާއި، ރައްޔިތުން އެދޭ ގޮތަށް ވެރިން ގެންނަން ތަޢީދު ކުރެއްވި އިރު، އަމިއްލަ ފައުންޑޭޝަނުން ދީލަތި ކަމާއެކު އެތައް އެހީއެއް ވެދެއްވާފައިކަމަށެވެ.

ސައުދު ވިދާޅުވީ މިއަދު ހާލަތު ބަދަލުވުމުން އެކަންކަން ދެނެހުރި މީހަކު ނެތްކަމަށާއި، ނަމަވެސް ޙަޤީޤަތެއް ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

މުޅި ދުނިޔެއަށާއި ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ކޮވިޑް-19 އައި ގުޅިގެން ވިލާ ކުންފުނިން އަޅާފައިވާ ފިޔަވަޅު ތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުމާއި ނުރުހުން ވަނީ ޤާސިމް އަށާއި ވިލާ ގްރޫޕަށް އަމާޒުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ވިލާ ކުންފުނިން ވަނީ އެކުންފުނިން ހިންގަމުން އައި 5 ރިސޯޓުވެސް ބަންދުކޮށްފައެވެ. އަދި ރިސޯޓްތައް ބަންދު ކުރުމާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަވެސް ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.

ރިސޯޓްތައް ބަންދު ކުރުމާއި ގުޅިގެން މިހާލަތުގައި އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް އެ ކުންފުންޏަށް ނެތުމާއެކު މޭ އަދި ޖޫން މަހު މުސާރައިގެ ގޮތުގައި މުވައްޒަފުންނަށް ދެވޭނެކަމަށް އެ ކުންފުނިން ލަފާކޮށްފައިވަނީ ކޮންމެ މުވައްޒަފަކަށް 1000 ރުފިޔާ އެވެ. މީގެ އިރުތުން ޖޫން މަހު ރިސޯޓް އޮޕަރޭޝަނަަށް ނުގެނެވި އާމްދަނީ ލިބޭނެގޮތެއް ނުފެނިއްޖެނަމަ މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމާނެކަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ވިލާ ކުންފުނިން ބުނެފައިވަނީ އެކުންފުންޏަށް ލިބޭ އެއްވެސް އާމްދަނީއެއް ރައްކާކޮށްފައި ނުބަހައްޓާ ކަމަށާއި، އޭގެ ބަދަލުގައި އެ ފައިސާ ހޭދަކުރީ އިންސާނީ ވަސީލަތް ތަރައްގީކޮށް ސިއްހީ ދުޅަހެޔޮކަމާއި ތައުލީމީ ރަނގަޅު ޖީލެއް ބިނާކޮށް ވިޔަފާރި އިތުރަށް ފުޅާކޮށް އިންސާނީ ވަސީލަތް އިތުރަށް ތަރައްގީކުރުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
1448
ގުޅުންހުރި ލިޔުންތައް

10 Responses

  1. wimu

    kokko,meehun vaahaka dhakkane..muvazzafunge musaara kuda lurun ekanyeh noon, mi covideh laigatheesure musaara nudhee, villa in kaa ehcheh haa hisaabuves nufonuvaa, muvazzafun . emeehun ethan than quarantine facility thakah veema kaigen boegen ethaa thibbas ambi dhareenah ehcheh dheveynee musaara dhineemadho. resort thakuga ethibee.dheelathi vaan vee dhuvahu nuvevuneema meehun eehen kiyaane..mi dhakkanee ethah satheyka baehgge dhirulhumuge vaahakao

  2. Kanba

    Hus faku meeheh thee

  3. Ibrahim

    Mulhin thi dhakanee Holhi vaahaka. Qasim Ibrahim akee eh irehgaaves
    muvahzafun nah rangalhu meeheh noon.
    Ehee vee amilla edhumeh ovegen
    Aee Raees kamah adheveytho kuraa masahkai.
    Ekameh dhuvahakves iraadhafulhun nuvaane. Aameen

  4. Kaasimbe

    Thi dheyn buni RF1000 ves dheynamey kiyaigen ulheyny

  5. Konmes myheh

    Ahenve roadha inaayah ves eyge hagguverinnah nulibigen dhiyaee

  6. މީހެއް

    Gaasimakee gaboolu kurias nukurias miraahjeyga aammunnaa gulhun emme community p friend

    1
    1
  7. Mary

    Mihaaruves inthihaabeh baahvabala varah laari onnaaney

    • Kanba

      E ee ehves varakah staffun nah oagaatherivee vaa ves meeheh noon amilla faaidhaa aa amilla edhumun foave thaithelhifa huri mahujanekoa kiyaaa adu ivenee.kamaku jehuneema nufenuny ebunaaa faisaaaeh.

  8. Trew

    Campaign ah thalhaa buruvan foruvaafa oi bai kobaa?

    1
    2
  9. ކުޑޭ

    Mi raajje halaaku kuri bodumeehaa meee

    2
    6
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ