ޅ.ކުރެންދޫ ފުޓްބޯޅަ ދަނޑު - ފޮޓޯ: މީސްމީޑިއާ

10 ފުޓްބޯޅަ ދަނޑެއްގައި ޓާރފް އަޅަން ވަރަށް އަވަހަށް އިއުލާން ކުރެވޭނެ - މިނިސްޓަރ

ދިވެހިރާއްޖޭގެ ފުޓްބޯޅަ ދިރުވާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން 10 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތްތައް ހޯދަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް، ފުޓްބޯޅަ ދަނޑުތައް ތަރައްޤީ ކޮށްދެއްވުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ފ.ނިލަންދޫ އަދި ރ.އަލިފުށީ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތްތައް ހޯދުމަށް އިއުލާން ކޮށްފައިވާ ކަމަށާއި، ވިލުފުށީ ދަނޑުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށެވެ.

"ވިލިފުށީ މިހަފްތާގައި. އިތުރު 10 ރަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިއުލާން ކުރެވޭނެ." މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވޭނެކަން ޔޫތް މިނިސްޓަރ އިއުލާން ކުރެއްވިއިރު، ހދ. ނޮޅިވަރަމް ފުޓްސަލްދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް އެ މިނިސްޓްރީން ވަނީ ނިމުނު ހަފްތާގައި އިއުލާން ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ