ހަނގުރާމައިގެ މައިދާނުގައި ހަމަނުޖެހުން ބޮޑު ސީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި ދިވެއްސަކު މަރުވެއްޖެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ސީރިއާގައި ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ ބިލާދް އަލްޝާމް މީޑިއާއިން ބުނެފައިވަނީ، ރަމަޟާން މަހުގެ ދެވަނަ ދުވަހު ހަނގުރާމައިގައި މަރުވެފައިވަނީ އަބޫ ހަމްޒާ އަލް މާލްދީފް ނަމަކަށް ކިޔާ ދިވެއްސެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ހަނގުރާމަ ކުރަނިކޮށް މަރުވެފައިވަނީ ފޯއްމުލަކަށް ނިސްބަތްވާ ޒުވާނެކެވެ.

ސީރިއާ ހަނގުރާމައިގައި ދިވެއްސަކު މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފައި މިވަނީ، ސީރިއާއަށް ހަނގުރާމައަށް ދިޔަ ދިވެހިން އަނބުރާ ގައުމަށް ގެނައުމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އެޤައުމުގައި ހަނގުރާމައިގައި މީގެ ކުރިންވެސް ދިވެހިން މަރުވެފައިވެއެވެ.
ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފުރަން އުޅުނު ގިނަ އަދަދެއްގެ ދިވެހިން މީގެ ކުރިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުންވެސް ހިފަހައްޓާފައިވާއިރު، އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ. ސީރިޔާގެ އެކި ކޭމްޕުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ހާޅުގައި ޖެހިފައި ތިބިއިރު، މީގެ ކުރިން ދިވެހި އަންހެނަކު ސީރިޔާގެ ޖަލަކަށްވެސް ލާފައިވެއެވެ.