ބޭންކް އޮފް މޯލްޑިވްސްއިން މާދަމާއިން 1 ޖޫން އިން ފެށިގެން ކަސްޓަމަރުންނަށް ކޭޝް ކާޑު ދޫކުރަން ނިންމައިފިއެވެ.
ބީއެމްއެލްއިން ވިދާޅުވިގޮތުގައި، ކަސްޓަމަރ ސަރވިސް ސެންޓަރުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހައްދައިގެންނެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީނެވެ.
އަދި ދުވާލެއްގެ މައްޗަށް 300 ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިންވަމީ ވިދާޅުވެފައެވެ.
މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ލިބުމާއެކު އަންނަ މަހުގެ 1 ވަނަ ދުވަހުން 13 އަށް ކޮަންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން 14:00 އަށް އަސާސީ ބޭންކިންގ ޚިދުމަތްތައް ބޭންކް އޮފް މޯލްޑިވްސް އިން ދިނުމަށްވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން ބީއެމްއެލްއިން ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި، ކޯވިޑް-19 ގެ ނުރައްކާ ބޮޑު ކަސްޓަމަރުންނަށް ކާޑު ޑެލިވަރީ ކޮށްދޭނެކަމަށެވެ. އަދި މިފަދަ ފަރާތްތަކުން ކާޑު ނެގުމަށްޓަކައި އައިޑީކާޑު ނަންބަރާއެކު، “Card Delivery” ލިޔުމަށްފަހު 7990200 ނުވަތަ 9990200 ނަންބަރަށް އެސްއެމްއެސްކުރުމަށްވެސް ބޭންކުންވަނީ އެދިފައެވެ.
Essential banking services will be provided on Mondays, Tuesdays and Thursdays from 1st - 13th June as per details below.
Dhiv - https://t.co/5vIh9C0qVu
Eng - https://t.co/tLT9zi3FDq pic.twitter.com/4M41Mqabc5— Bank of Maldives (@bankofmaldives) May 30, 2020
މީގެއިތުރުން 8 ޖޫން އިން ފެށިގެން މާލޭސިޓީގެ ކަނޑައެޅޭ ބައެއް ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ހަމަޖެހިފައިވާކަމަށްވެސް ބޭންކުން ވިދާޅުވިއެވެ. އަދި އޮންލައިން އަދި ސެލްފްސަރވިސް ބޭންކިންގ މެދުވެރިކޮށް ނުލިބޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކުރިން އެޕޮއިންޓްމަންޓް ހައްދަންޖެހޭކަމަށާއި، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، ބީއެމްއެލް އިސްލާމިކް، ލޯން އަދި އެކައުންޓް އޯޕަނިންގ ސެންޓަރގެ އިތުރުން ބިޒްނަސް ސެންޓަރވެސް ހުޅުވާނެކަމަށް ބީއެމްއެލްއިންވަނީ ވިދާޅުވެފައެވެ.
ބީއެމްއެލްއިން ވިދާޅުވި ގޮތުގައި ވިލިމާލެ އަދި ހުޅުމާލެ ބްރާންޗުން ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ 8 ޖޫން އިން ފެށިގެންނެވެ.
އަދި 1 ޖޫން އިންފެށިގެން އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ ބޭންކުގެ ބްރާންޗްތައް (މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްނަމަ) އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ލިބެން ހުރި ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ދިނުމަށްޓަކައި އެބްރާންޗުތައް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށްވެސް ބީއެމްއެލްއިންވަނީ ވިދާޅުވެފައެވެ.
								
											


														
														
														
														
														
														