ޓީމުތައް ފަރިތަކުރުމުގެ ހުއްދަ ސްޕެއިންގެ ހެލްތު މިނިސްޓްރީއިން ދީފި

ޓީމުގެ ކުޅުންތެރިން އެއްކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ސްޕެއިންގެ ހެލްތު މިނިސްޓްރީއިން ދީފިއެވެ.

އެކަން ހާމަކޮށް އެމިނިސްޓްރީއިން ބަޔާނެއް ނެރެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކ، އެންމެ ގިނަވެގެން 14 ކުޅުންތެރިންނާއެކު، ޓީމުތަތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެކަމަށް ބުނެފިައެވެ. އަދި އެންމެ ގިނަ ވެގެން 15 މީހުން ހިމެނޭގޮތަށް ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްޓަކައި ޗޭންޖިން ރޫމްތައް ބޭނުން ކުރެވޭނެކަމަށްވެސް މިނިސްޓްރީގެ މިބަޔާނުގައިވެއެވެ.

ސްޕެނިޝް ލަލީގާ ޖޫން 11 ގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ލީގު ފެށުމަށް ހަމަޖެހިފައިއޮތީ ސަޕޯޓަރުން ނުވައްދައެވެ. މިދިޔަ މާރޗް މަހުން ފެށިގެން މެދުކަނޑާލާފައިވާ ލަލީގާ އަލުން ފައްޓާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެވިއްޔާއާއި ރެއަލްބެޓިސްއެވެ. 11 ޖޫން ވާ ބުރާސްފަތި ދުވަހު ފެއްޓާ މިމުބާރާތް ނިމޭނީ އަންނަ ޖުލައި މަހުގެ 19 ގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަލީގާ މިދިޔަ މާރޗްމަހު މެދުކަނޑާލާފައިވާއިރު، ކޮންމެ ޓީމަކުންވެސްވަނީ 27 މެޗު ކުޅެފައެވެ. ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް 11 މެޗެވެ. 58 ޕޮއިންޓާއެކު އެއްވަނާގައި އޮއީ ބާސެލޯނާއެވެ. ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 56 ޕޮއިންޓާއެކުގައެވެ.

ސްޕެނިޝް ލަލީގާ ފެއްޓުމުގެ ހުއްދަ ސްޕެއިންގެ ސަރުކާރުން ދީފައިވަނީ މެއި 23 ވަނަ ދުވަހުއެވެ. މިފެށޭ ޖޫންމަހުގެ 8 ގައި ލަލީގާ ފެއްޓުމުގެ ހުއްދަދީފައިވާކަމަށް ސްޕެއިންގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒް އެދުވަހު އިޢުލާންކޮށްފައިވެއެވެ. އެއާއެކު ލަލީގާ ފަށާނެ ތާރީޚަކީ ޖޫން 11 ކަމުގައި އެލީގުންވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ