ރައީސް ނަޝީދު އަދި ރައީސް މަޢުމޫން- ފޮޓޯ: ރައީސް އޮފީސް

އެމްއާރުއެމް ސަރުކާރު ކޯލިޝަނުން ބޭރުކޮށްލަން އުޅޭ ކަމުގެ ތުހުމަތެއް

ކުރީގެ ރައީސް މަޢުމޫން އަބްދުއްޤައްޔޫމް އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސަރުކާރު ކޯލިޝަނުން ބޭރުކޮށްލަން އުޅޭ ކަމުގެ ތުހުމަތު މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ކުރައްވައިފިއެވެ.

ރައީސް މައުމޫން އަދި ރައީސް ޔަމީން އާއި ގުޅޭ ގޮތުން ޣައްސާ ދައްކަވާފައިވާ ވާހަކަ ފުޅާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، ޣައްސާން ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަށް އިއްވާފައިވާ ޙުކުމަކީ ނުޙައްގުން އިއްވާފައިވާ ޙުކުމެއްކަމަށް ކޯލިޝަން ރޫޅުމުން ރައީސް މަޢުމޫން ވިދާޅުވާނެކަމަށެވެ.

ރައީސް މަޢުމޫން އަށް ނިސްބަތް ކުރައްވައި ދަރިކަލުން ޢައްސާން މަޢުމޫން ދެއްކެވި ވާހަކަ ފުޅަކާއި ގުޅިގެން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލަށްލީ ނުޙައްގުންކަމަށް ރައީސް މަޢުމޫނަށް ވިދާޅުނުވެވޭނެކަމަށެވެ.

ނަޝީދުގެ މި ވާހަކަފުޅާއި ގުޅިހެން މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ ރައީސް މަޢުމޫނަށް އެ ގޮތަށް ވިދާޅުނުވެވޭނީ ރައީސް ޔާމީންއަށް އިއްވާފައިވަނީ އެމްއާރުއެމް ހިމެނޭ ސަރުކާރުން ނުފޫޒު ފޯރުވައިގެން އިއްވާފައިވާ ސިޔާސީ ހުކުމަކަށް ވުމުން ކަމަށާއި، ނުވަތަ ރައީސް ނަޝީދުގެ ރޭވުމަކީ އެމްއާރުއެމްގެ ކުށެއް ދައްކައިގެން ކޯލިޝަނުން ބޭރުކޮށްލުންކަން ވިސްނި ވަޑައިގަތުމުން ކަމަށެވެ.

ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރިޔަށް ދާކަމުގައި ޣައްސާން ވަނީ ވިދާޅުވެފައެވެ. ޣައްސާން ވަނީ ރައީސް ޔާމީންގެ ދިފާޢުގައި ގިނަ ވާހަކަފުޅު ތަކެއް ދައްކަވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ