ސްވިމިންގ ޓްރެކް ތަރައްޤީ ކުރާގޮތުގެ ކުރެހުމެއް - ފޮޓޯ: މިނިސްޓަރ މަޙްލޫފް

މާލޭ ސްވިމިންގ ޓްރެކް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ

މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކް ޒަމާނީ ފެންވަރަށް ތަރަށްޤީކުރަން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކް ގައި ސިޑިބަރިއާއިއެކު ފާޚާނާ އާއި ފެންވަރާނެ ވަޞީލަތްތައް ހިމެނޭގޮތަށް ޢިމާރާތެއް ހަދަން ބޭނުންވާތީވެ، އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ސްވިމިންގ އެސޯސިއޭޝާނުން ވިދާޅުވީ، މިޕްރޮޖެކްޓަށް ރަޖިސްޓްރީ ކުރުމާއި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ އެސޯސިއޭޝަނުގައި ކަމަށާއި، ޕްރޮޖެކްޓަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20000.00 (ވިހިހާސް) ދިވެހި ރުފިޔާ ހުށަހަޅަންޖެހޭއިރު، ބީލަން ހުޅުވުން އޮންނާނީ 2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ