ކޮވިޑް-19 ގެ ބަލާއާފާތާއެކު ދިވެހިންގެ ދިރިއުޅުމަށް އެތައް ތަކުލީފުތަކެއް ކުރިމަތިކުރިއިރު، އުތުރުގެ މައި ރަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ވެފައިވަނީ އަސާސީ ބޭނުންތަކަށް އެރަށަކާ ނުލައި ދިރިއުޅުމުގެ ބޭނުންތައް ނުފުއްދޭނެ މުހިންމު މަންޒިލަކަށެވެ.
ހއ. އަތޮޅާއި، ހދ. އަތޮޅުގެ އިތުރުން ށ. އަތޮޅުގެ ރަށްތަކުންވެސް އެންމެ އަސާސީ މުދާ ހޯދުމަށްޓަކައިވެސް ކޮންމެފަދަ ހާލަތެއްގައިވެސް ދަތުރުކުރަން މަޖުބޫރު އެންމެ ބާރުބޮޑު މަންޒިލަކީ ކުޅުދުއްފުއްޓެވެ. ކަންމިހެން އޮތުމާއެކު ހާއްޞަ ހުއްދަތަކާއެކު ރަށްތަކަށް ބޭނުންވާ މުދާ ބަލައި ކޮންމެ ދުވަހަކުވެސް އެތައް ދަތުރުވެރިންނެއް ކުޅުދުއްފުއްޓަށް ދިޔައީ ދަތުރުކުރަމުންނެވެ.
އެރަށަށް ދަތުރުކުރުމުގައި މިހާރުވެސް އަމަލުކުރަމުންދާ އުޞޫލަކީ މުދާ ބަލައި ކުޅުދުއްފުށި ފަޅަށް ވަދެ ބަނދަރުކުރާ އެއްވެސް ދޯންޏެއްގެ އެއްވެސް މީހަކަށް އެރަށުގެ ޖެޓީއިން ރަށުގެ ފަސްގަނޑަށް ފޭބުމުގެ ހުއްދަ ނުދިނުމެވެ. އެހެންކަމުން ހެނދުނުންސުރެ ކުދި ކުދި ފަޅު އޮޑިފަހަރުގައި އެފަރާތްތައް ތިބެނީ އެނޫން އެހެން ގޮތެއް ނެތުމުންނެވެ. އެފަރާތްތައް ފާހާނާކުރާނެ ފާހާނާއެއް އެރަށުގެ ބަނދަރުގައި ނެތްކަމީ ހިތްދަތި ހަޤީޤަތެކެވެ.
މިނޫހުން ކުރި މަސައްކަތުން ކުޅުދުއްފުށި ބަނދަރުގައި މި ހިތްދަތި ތަޖުރިބާ ކުރަމުންދިޔަ ބައެއް ފަރާތްތަކުގެ އިހުސާސްތައް ވަނީ ދެނެގަނެވިފައެވެ. ކުޅުދުއްފުށި ފަޅުގައި އޮތް ދޯންޏެއްގައި އަމިއްލަ ފިހާރައަށް މުދާ ބަލައި ގޮސް އުޅުނު ހދ. އަތޮޅުގެ ރަށެއްގެ ވިޔަފާރިވެރިޔަކު ބުނީ، ވޭތުވެދިޔަ ރަމަޟާންމަހު ކުޅުދުއްފުށި ބަނދަރުގައި ހޭދަކުރި ވަގުތުތަކުގެ ތެރޭގައި ފާހާނާއަށް ދާނެތަނެއް ނެތި، އެރަށުގެ ފަޅުތެރެއަށް ފައިބައިގެން ބޮޑުކަމުދިޔަ ދުވަސް ތަޖުރިބާކުރަން ޖެހިފައިވާ ކަމަށެވެ. ބައެއް އެހެން ފަރާތްތަކުން ބުނީ ކުޑަކަމުދަނީ ފަޅުގައި ތިބެ، ދޯނިން ބޭރަށް މޫދަށް ކަމަށެވެ.
މިއީ މިޒަމާނުގައި ކަން ހިނގާންޖެހޭ މަގުކަމަށް ޤަބޫލު ނުކުރެވޭތީ ކަމާބެހޭ ފަރާތްތަކާ މިކަމާ ސުވާލު ކުރެވުނެވެ. އެގޮތުން ކުޅުދުއްފުށި ހިމެނޭހެން އެކުލަވާލެވިފައިވާ ހދ. އަތޮޅު ކައުންސިލްގެ ވެރިޔަކަށް ގުޅުމަށް ކުރި މަސައްކަތް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. ނަމަވެސް ކުޅުދުއްފުށި ކައުންސިލްގެ ރައީސް ޢަބްދުއްލަތީފް ހަސަން ވިދާޅުވީ، ބަނދަރުގައި ބޭނުންކުރެވޭނެ ފާހާނާއެއް ނެތުމަކީ ވަރަށް ދެރަ، އެހެންނަމަވެސް ކޮވިޑް-19 ގެ މާ ކުރިންސުރެވެސް މަސައްކަތްކޮށް ހައްލުކުރެވިފައި ނުވާ މައްސަލައެއް ކަމަށެވެ.
އެކި ވުޒާރާތަކުން އެއްކުރެވުނު މަޢުލޫމާތަށް ބަލާއިރު، ހދ. އަތޮޅު ކައުންސިލުން ކުޅުދުއްފުށި ބަންދަރުގައި ދަތުރުހިޔަލެއް ޤާއިމުކުރިއިރު، ފާހާނާއަދި ވެއިޓިންގ އޭރިއާއެއްވެސް ޤާއިމުކުރިއެވެ. ނަމަވެސް އެ ފާހާނާތައް މިއަދާ ޖެހެންދެންވެސް ބޭނުންކުރެވިފައި ނުވަނީ ނަރުދަމާ އެޅިފައި ނުވާތީއެވެ. ކުޅުދުއްފުށި ކައުންސިލްގެ ރައީސް ވިދާޅުވީ، ބަނދަރު ހިޔަލާއި، އަލަށް އެޅި މަސް މާރުކޭޓާއި، އަލަށް އެޅި ފެރީ ޓާމިނަލަށްވެސް ނަރުދަމާ އަދި ފެން އެޅުން މިހާރުވެސް މާބޮޑަށްވެސް ލަސްވެފައިވާ ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު މިގޮތަށް ދަތުރުކުރާ ފަރާތްތަކަށް ފާހާނާ ނެތި ދަތިތަކާ ކުރިމަތިވެ، މަދު ފަރާތްތަކަކުން ބަނދަރުގައި ޤާއިމުކޮށްފައިވާ ސަޕޯޓް ޑެސްކަށް ދިއުމުން ފާހާނާއަށް އެހެން ތަންތަނަށް ގެންގޮސްގެން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސައިދިން ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކުޅުދުއްފުއްޓަށް ދަތުރުކުރާ އެތައް ބަޔަކު މިދަތި ތަހައްމަލުކުރާއިރު، ފާހާނާކުރަން ބޭނުންވާ ކޮންމެ މީހަކ،ު ފާހާނާކުރަން ބޭނުންވާ ކޮންމެ ފަހަރަކު، ސަޕޯޓް ޑެސްޓަށް ގޮސް، އެއްގަމު އުޅަނދެއްގައި ދަތުރުކޮށް، ރަށުގެ ކޮންމެވެސް އެހެން ސަރަހައްދަކުން ދައްކާ ފާހާނާއަކަށް ފާހާނާކުރުމަކީ ދަތިކަމެކެވެ. އެއީ އެކަން އޮންނާންވާނެ ގޮތެއްވެސް ނުމެނޫންމެއެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީއާއި ސުވާލުކުރުމުން ވިދާޅުވީ، ކުޅުދުއްފުށީގައި މިފަދަ ފިޔަވަޅުތަކެއް އެޅިފައި ހުރިއިރު، ފާހާނާ ކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ހުންނާން ވާނެކަމަށް ޤަބޫލުކުރެއްވޭ ކަމަށާއި، އެކަން އިންތިޒާމްކުރުމަށް ކުޅުދުއްފުށީ ޓާސްކްފޯސްއަށް މިއަދު އެންގިފައި ވާނެ ކަމަށެވެ.
އުތުރުގެ ވިޔަފާރީގެ މައި މަރުކަޒު، ކުޅުދުއްފުއްޓަށް ދަތުރުކުރާ ދަތުރުވެރިންގެ ތެރޭގައި އެކިއެކި ބަލިތަކަށް ފަރުވާ ހޯދަން ދަތުރުކުރާ ފަރާތްތަކާއި، އޭޓީއެމް އިން ފައިސާ ނެގުމަށް ހަމައެކަނި އޭޓީއެމް އަށް ދެވޭގޮތަށް ދަތުރުކުރާ ފަރާތްތައްވެސް މަދެއް ނޫނެވެ. ކަންމިހެން އޮތްހިނދު، އެފަރާތްތަކަށް ފަސޭހައިން ބޯފެން ގަނެވޭނެ އިންތިޒާމާއި، ފާހާނާ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ކޮންމެހެންވެސް ކުރެވެންޖެހޭ ކަންކަމެވެ.




10 Responses
ކުޅުދުއްފުއްޓާ އަތޮޅުގެ އެހެން ރައްތަކާ އަޅާ ނުކިޔޭނެ، ކުޅުދުއްފުށީގައި ފާހާނާ ނެއްއިރު ބަނދަރު ހިޔާގައި ހުރި ފާހާނާ މަރާމާތުކޮށް ނޫނީ، ކައިރި މިސްކިތަށް ނަމަވެސް ފާހާނާ އަށް ގެންދެވޭނެ މަގު ފަހި ކޮއްދޭން ޖޭހޭ..
މިއީ ކުޅުދުއްފުށީގައި އެކަނި އެޅިފައި އޮތް ފިޔަވަޅުތަކެއް ނޫން އެކަން އެޗްޕީއޭއަށް އެލްޖީއޭއައް އަދި ހުރިހާ ރަށެއްގެ ކައުންސިލައް ވެސް އިގޭނެ، ކުރިނބި އަކަށްވެސް ނޭރޭނެ ކުޅުދުއްފުށިން ދާ ދޯންޏެއްގެ ފަޅުވެރިއަކަށް ވެސް
Bohalaaku.isthiufa dheefa raees yameen aa gaumu havaalukurey
Kalo anga maithiri aruvaa.. Yaameenakah ehkamehbvx vx nuvi libun 5 aharu.. Haahun rufiyaa kaifa thaakun thaaku nujehey gothah kankan kohfa eyna ehery
މާމޮޅު ޙަބަރެއް މިއޮތީ ހިތުން ލީޔެލާފަ. މާލެ ސަރުކާރުން ރާއްޖޭގެ އެހެން ރަށެއް ތަރައްޤީ ކުރަން ބޭނުންވީ ދުވަހަކުން ތިޔަ އެއްވެސް ކަމެއް ހައްލު ވާނީ.! ވަރަށް ސަލާމް.
ތި ކުޅުދުއްފުއްޓެއްނު
ތީމާ މަތީގަ އުޅޭ ބައެއް. އެހެންބަަޔަކާ ދޭތެރޭ ނުވިސްނާނެ، އަމިއްލައެދުން އިސްކުރާނީ.
EHEN VETHO THIBEYFULUN NAH BEYNU VAA THKRTI MIRAHSUN MI FORU KOHDHENEE AHLUGADU VES VAHRAH DHATURU KOFIN BAHDHARUGA FAAHAANAEY HURI RAHSEY ADHI NUDHEKEN
Kalemenaa dheytherey nuvasnaathi dhohtho mirashun mi hidhumaiy thah libeny.. Gaimu mirashah naara testu gandeh vx mi hisaabu meehunah nuhedheykan
ތިކަން ހަމަ މާލޭން ވެސް ތަޖުރިބާ ކުރިން. މާ ހިތްދަތި ނޫންތޯ. ކޮން ރަށެއްގަތޯ ފާހާނާ ހުރީ ބަނދަރުގައި
ދޮންކަލޯ މިރަށުގައިވެސް ހުރޭ…