މިދިޔަ އަހަރު ފޯބްސް އިން އިއުލާން ކުރި އެންމެ ޒުވާން ބިލިއަނަރުންގެ ލިސްޓުގައި، މަޝްހޫރު ކާޑޭޝިއަން-ޖެނާ އާއިލާގެ އެންމެ ހަގު މެންބަރު ކައިލީ ޖެނަރ އޮތަސް، ކައިލީގެ ނަން ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން ދާދިފަހަކުން މި ވަނީ އުނިކޮށްފި އެވެ.
އެމެރިކާގެ މަޝްހޫރު ވިޔަފާރި މެގަޒިން "ފޯބްސް"އިން ކައިލީގެ ނަން އުނިކޮށްފައިވަނީ އޭނާގެ މިލްކިއްޔާތާއި ބެހޭގޮތުން އެތައް ކަމެއް އޮޅުވާލަފައިވާތީވެ ކަމަށް ބުނެއެވެ. އެގޮތުން ފޯބްސް އިން ބުނީ، ކައިލީގެ މޭކަޕް ލައިން "ކައިލީ ކޮސްމެޓިކް" ލިބުނު އާމްދަނީއާއި ގުޅޭގޮތުން ފޯބްސްއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި އޮޅުވައިލުންތަކެއް ހުރި ކަމަށާއި އެހެންވެ އަސްލު ހުރި ވަރު ކަށަވަރު ކުރެވެން މިހާރު ނެތުމުން ނަން އުނިކުރަން ނިއްމީކަމަށެވެ.
what am i even waking up to. i thought this was a reputable site.. all i see are a number of inaccurate statements and unproven assumptions lol. i’ve never asked for any title or tried to lie my way there EVER. period
— Kylie Jenner (@KylieJenner) May 29, 2020
އެހެންނަމަވެސް، ކައިލީ ވަނީ ފޯބްސް އިން އޭނާއާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަ ދޮގުކޮށްފައެވެ. އެގޮތުން ކައިލީ ކުރި ޓްވީޓެއްގައި ބުނީ، އޭނައަށް ލިބޭ މިލްކިއްޔާތު އޮޅުވާލާފައިވާކަމަށް ބުނެ ފޯބްސް އިން ތުހުމަތު ކުރިޔަސް މިލްކިއްޔާތުގައި ހުރި ވަރު ފޮރުވަން އޭނާ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
މީގެ އިތުރުން ކައިލީ ބުނީ، މި ތުހުމަތުތައް ފޯބްސް އިން ކުރިކަމުގައިވިޔަސް މިއީ އޭނާއަށް އެއްވެސް މިހިއްމު ކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި މިއަދު އޭނައަކީ، ކާމިޔާބު ވިޔަފާރިވެރިއެއްކަމަށެވެ. އަދި އޭނަގެ ނަން ފޯބްސްގެ ބިލިއަނަރުގެ ލިސްޓަށް އެރުވީ އޭނަ ބުނެގެން ނޫންކަމަށާއި އަދި އެ ލަޤަބު ހޯދުމަށް އެއްވެސް ކަމެއް އޮޅުވާލަން މަސައްކަތް ކޮށްފައިވެސް ނުވާނެކަމަށެވެ.
but okay ? i am blessed beyond my years, i have a beautiful daughter, and a successful business and i’m doing perfectly fine.
— Kylie Jenner (@KylieJenner) May 29, 2020
މީގެ އިތުރުން ކައިލީގެ ޕްރޮޑަކްޓް ލައިން އަދިވެސް ކުރިއަށް އޮތްތަނުގައި ފުޅާވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.



