އެޓާނީ ޖެނަރަލް އިބްރާހީމް ރިފްއަތު | ފޮޓޯ: މިހާރު

ބަންޑާރަނައިބު މަޖިލިސް މެންބަރުންނަށް ޝުކުރު ދަންނަވައިފި

ޤާނޫނު އަސާސީ އިސްލާހުކުރުމުން ރައްޔިތުން މަޖިލީހގެ މެންބަރުންނަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ޝުކުރު ދަންނަވައިފިއެވެ.

ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިޞްލާޙު ގެނެސް، ލާމަރުކަޒީ ނިޒާމު މެދުކެނޑުމެއްނެތި ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުން ކޮށްދެއްވި އިޚްލާސްތެރި މަސައްކަތްޕުޅަށް ނުހަނު ޝުކުރު ދަންނަވާ ކަމަށެވެ.

ޤާނޫނު އަސާސީ އަށް 5 ވަނަ އިސްލާޙު ގެނައުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުމެއް ވަނީ އުފެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކައުންސިލަރުންގެ ދައުރު ދިގުކުރުމަށް ޤާނޫނު އަސާސީ އިސްލާޙްކުރައްވާފައި ވާއިރު އެޓާނީ ޖެނަރަލް ރިފްއަތު މި މައްސަލާގައި ލަފާ ދެއްވާފައިވަނީ ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭނެ ހަމައެކަނި ގޮތަކީ ޤާނޫނު އަސާސީ އިސްލާޙް ކުރެއްވައިގެން ކަމަށެވެ.

އެހެންނަމަވެސް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ މި މައްސަލާގައި ސްޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއްވެސް ވަނީ ހޯދާފައެވެ. ސްޕްރީމް ކޯޓުން ލަފާއަރުވާފައި ވަނީ ގާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގައި އިސްލާހުކުރަން މިހާރު ހުށަހަޅާފައިިވާ އެ ގާނޫނުގެ ހަތަނަ ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ގާނޫނު އަސާސީގެ 231 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައި، އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށް މެނުވީ، 4 އޭޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން، އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ އާ އިންތިހާބެއް ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ފޫބެއްދޭނެކަމަށް ނުފެންނަ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ