އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 ލައްކައަށް އަރައިފި

އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 ލައްކަ އިން މައްޗަށް އަރައިފިއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 މުޅިދުނިޔެއަށް ފެތުރި، އިންޑިޔާއިން މިހާތަނަށް 207,615 މީހުން ޕޮޒިޓިވުވެފައި ވެއެވެ. އަދި އެގައުމުގައި މިބަލީގައި 5,829 މީހަކު ނިޔާވެފައި ވާއިރު، މިބަލީގައި 100,303 މީހަކުވަނީ ފަރުވާދެވި ރަނގަޅުވެފައެވެ.

މުޅި ދުނިޔެއިން 6.4މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 3,066,696 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 3,003,215 މީހުންނެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން 2,948,687 މީހުންގެ ހާލަތު ރަނގަޅުއިރު ހާލަތު ގޯސްވެގެން 54,528 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެފައި ވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާއިން މިބައްޔަށް 1,881,205 މީހުން ޕޮޒިޓިވުވެފައިވާއިރު މިބަލީގައި އެގައުމުން 108,059 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ