ވަޒީފާއަށް އަސަރުކޮށްފައިވާ 255 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް 1 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނެފައިވަނީ 255 މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދިނުމަށް 1.06 މިލިއަން ރުފިޔާ މިހާތަށް ހަރަދުކޮށްފައިވާ ކަމަށެވެ.
އިންކަމް ސަޕޯޓު އެލަވަންސަކީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ އެލަވަންސް އެކެވެ. އެގޮތުން އާމްދަނީ އަށް އަސަރު ކުރާ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން) ނެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދެމުން ގެންދަނީ އެންސްޕާ މެދުވެރިކޮށެވެ. އެގޮތުން މެއި 20 ވަނަ ދުވަހުން ފެށިގެން މި އެލަވަންސް އަންނަނީ ދެމުންނެވެ.
ސަރުކާރުން ނިންމާފައިވަނީ އިންކަމް ސަޕޯޓުގެ ގޮތުގައި މިފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސް އެއް ދިނުމަށެވެ. އެގޮތުން މުސާރައިގެ ވަކި ޕަސެންޓެއް ލިބޭ ފަރާތްތަަކަށް 5000 ރުފޔާ ހަމަވުމަށް މަދުވާ އަދަދު ސަރުކާރުން ދޭނެ އެވެ.





ހިޔާލު
Thi konbayakah dhey allowence eh baa? Aharen thi ah hushahalhaigen hunna thaa ethah dhuvaheh vejje.