ހއ. އިހަވަންދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު މި މަސައްކަތް ކުރަމުން ގެންދަނީ އެމްޓީސީސީން ނެވެ. އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސްރޫއުގައި އެމްޓީސީއާއި ޕްލޭނިންގ މިނިސްޓްރީ އާއި ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު އެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ މިއީ ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިޙްގެ ރިޔާސީ ވައުދެއް ކަމަށާއި ރަށަކީ ކަނޑު އުޅަނދުފަހަރު ގިނަ ރަށެއް ކަމުން މިހާރު ހުރި ބަނދަރުގެ ދަތިކަމަށް ބަނދަރު ބޮޑުވުމުން ހައްލެއް ލިބިގެން ދާނެ ކަަމަށެވެ.
މިމަޝްރޫއުގެ ދަށުން 284 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި، 95 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 178 މީޓަރުގެ ރިވެޓްމެންޓް ޖެހުން އަދި ބަނދަރު ލައިޓްތައް ޖެހުން ފަދަ ކަންތައް ހިމެނެއެވެ.
މި މަސްރޫޢަކީ ދައުލަތުގެ ބަޖެޓުން 51،725،810 ރުފިޔާ ޚަރަދު ކުރަން ހަމަޖެހިފައިވާ މިމަޝްރޫޢެކެވެ. މި މަސްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 400 ދުވަސް ތެރޭގައި ނިންމުމަށެވެ.




