ހިދުމަތް ދީގެން މަޒާޑާ ކެފޭއާއި ކަސްޓަމަރުންތަކެއް ޖޫރިމަނާ ކޮށްފި

އެޗްޕީއޭގެ އެންގުމާ ހިލާފަށް މަޖީދީ މަގުގައި ހުންނަ މަޒާޑާ ކެފޭގައި ހިދުމަތް ދިނުމުން އެ ކެފޭ އާއި އެވަގުތު ހިދުމަތް ހޯދަމުން ދިޔަ ކަސްޓަމަރުންތަކެއް ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަޒާޑާ ކެފޭގައި ހިދުމަތް ދޭ ކަމަށް ބުނެ ލިބުނު މައުލޫމަތަކާ ގުޅިގެން އެ ކެފޭއަށް ގޮސް ބެލިއިރު، އެތަނުގައި ހިދުމަތް ހޯދަންތިބި 4 މީހަކު، ނަގަންޖެހޭ ހުއްދަ ނުނަގާ ބޭރުގައި އުޅުނު މައްސަލާގައި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ އެންގުމާ ހިލާފަަށް ހިދުމަތް ދިނުމުން މަޒާޑާ ކެފޭ ވެސް ވަނީ ޖޫރިމަނާކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުން ކާބޯތަކެތީގެ ހިދުމަތް ދިނުން ސަރުކާރުން ވަނީ މަނާ ކޮށްފަ އެވެ. އެ ތަންތަނުން މިހާރު ދެވޭނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތްތައް އެކަނިއެވެ.
މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޢަލީ

    ކޮބާ މަޖިލީހުގަ ސަކަރާތްޖެހި މީހުންވެސް ޖޫރިމަނާ ކުރިތަ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ