ރީތިރަށް ރިސޯޓުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަނީ

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓްގައި މަސައްކަތް ކުރާ އެރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުކުރަމުން ދާކަމުގެ މަޢުލޫމާތު މި ނޫހަށް ލިބިއްޖެ އެވެ.

އެރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ 180 އެއްހާ މުވައްޒަފުންގެ ވަޒީފާ އުވާލުމަށް ރިސޯޓުން ނިންމާފައިވާކަމަށާއި މި އެންމެންގެ ވަޒީފާވެސް ގެއްލިގެން ދާނެ ކަމަށެވެ.

އުވާލަން ނިންމާފައިވާ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް އެރިސޯޓުން ދަނީ ފޯނުން ގުޅައި އެކަން އަންގަމުން ދާކަމުގެ މައުލޫމާތުވެސް މި ނޫހަށް ވަނީ ލިބިފައެވެ. ވަޒީފާ އުވާލަން ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ހިމެނެ އެވެ.

ވަޒީފާ ތައް އުވާލުމާއިއެކު އެތައް ދިވެހިންގެ ވަޒީފާތަކެއް ގެއްލިގެން ދާއިރު ވަޒީފާ ގެއްލެނީ ކިހާ ދިވެހިންނެއްގެ ކަމެއް ވަނީ ސާފުވާގޮތް ނުވެފައެވެ.

އެ ރިސޯޓުން ވަނީ ރިސޯޓްގެ އޮޕަރޭޝަން ހުއްޓިފައިވާތީ ބައެއް މަގާމްތަކުން މީހުން ވަކިކުރަން ޖެހިދާނެކަން އަންގައި މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު މުވައްޒަފުނަށް މެމޯއެއްވެސް ފޮނުވާފަ އެވެ.

ގާތްގަނޑަކަށް 800 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދާ މި ރިސޯޓަކީ ރާއްޖޭގައި ފާހަގަ ކޮށްލެވޭ ރިސޯޓެކެވެ. މުވައްޒަފުންނަށް ރަނގަޅު ސާވިސް ޗާޖެއްވެސް ދެމެން އަންނަ މި ރިސޯޓަކީ ރާއްޖޭގައި އެންމެ ރަނގަޅު ސާވިސް ޗާޖެއް ދޭ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ.

މިލިޔުން ކިޔާލުމުން
311201
ގުޅުންހުރި ލިޔުންތައް

2 Responses

  1. ހެޔޮއެދޭ ދިވެސެއް

    ފުރަތަމަވެސް ކަންޱަންވީ އެފްސި ރަސަލިންގަމް އޭރުން 10000 ޱޮލަރު ސަލާމަތްވީ އެއީ އާދައިގެ 15މީހުންގެ މުސާރަ އޭރުން ދަވެހިންގެ ވަޒީފާ ގެއްލޭލެއް މަދުވާނެ

  2. hamitte

    800 ދިވެހިން އެރިސޯޓުގަ ވަޒީފާ އަދާ ނުކުރާނެ އެރިސޯޓުގައި އުޅޭނީ ޖުމުލަ 800 މީހުން.

    12
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ