ސިޔާސީ ނުފޫޒު ފޯރުވައިގެން ވަޒީފާއިން ވަކިކުރި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ލޮޖިސްޓިކް ޑިޕާޓްމެންޓުގައި މަސައްކަތްކުރި ސީނިއަރ އޮފިސަރ އަހުމަދު ރަޝީދު (ދޮންކޮޅު) އަށް ކަނޑާލި ވަޒީފާ އަލުން އަނބުރާ ދޭން ގުޅި ކަމަށް އޭނާ ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަހުމަދު ރަޝީދު ވަޒީފާއިން ކަނޑާލާފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) އިބްރާހިމް ވަހީދު އާއެކު ކޮފީއަކަށް ގޮސްގެންނެވެ.
"އަޅުގަނޑު ވަޒީފާއަށް ވަންތަނާހެން މާގިނަ ދުވަހެއް ނުވަނީސް މިބުނަނީ އިންޒާރު ދީފައި، ޑީއެމްޑީއާއެކު ކޮފީއަށް ގޮސްފިނަމަ ކަނޑާލާނަމޭ. މިހެންބުނެފައި އޮތްވާ، ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެއްދުވަހު ހެނދުނު ޑީއެމްޑީއާއެކު ކޮފީއަކަށް ދިޔައީ، އެދުވަހު މެންދުރު ވަނީ އަޅުގަނޑު ވަޒީފާއިން ކަނޑާލާފައި" އަހުމަދު ރަޝީދު ވިދާޅުވިއެވެ.
މިއީ އެމްޑީ އާއި ޑީއެމްޑީގެ މެދުގައި ޖެހިގެން އުޅޭ މައްސަލައެއް ކަމަށާއި، ޑީއެމްޑީއާއި ގާތް ގުޅުމެއް ބާއްވައިފިނަމަ ވަޒީފާއިން ކަނޑާލާނެ ކަމަށް އެދުވަހު ކޮފީއަށް ގޮސްފައި އައުމުން ލޮޖިސްޓިކް ޑިޕާޓްމެންޓްގެ ހެޑް އޭނާއަށް އިންޒާރުދީ ވަޒީފާއިން ވަކިކުރިކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
"ވަޒީފާއިން ކަނޑާލި ދުވަހު ޑިޕާޓްމެންޓްގެ ހެޑް އަޅުގަނޑަށް ގުޅާފަ މިބުނަނީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެންނޭ މިކަނޑާލަނީ. އެކަމަކު އަޅުގަނޑު ވަރަށް ގިނަ ގޮތް ގޮތުން އެކިބޭފުޅުންނާއި ވާހަކަދައްކަގެން ބެލިން ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެންތޯ ކަނޑާލީ! އެހެންނަމަވެސް އެންމެވެސް ބުނަނީ ރައީސް ނާންގަވާނެ ކަމަށް" އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އަހުމަދު ރަޝީދު އިތުރަށް ވިދާޅުވީ، ވަޒީފާގައި އުޅުނުއިރު އަހުލާގީ އަދި ހާޒިރީގެ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށާއި، ފަރުވާތެރި ކަމާއެކު ވަޒީފާ އަދާކޮއްފައިވާނެ ކަމަށެވެ. އަދި ވަޒީފާއިން ކަނޑާލާފައިވަނީ 3 މަސް ވިދުވަހު ކަމަށާއި، ވަޒީފާ ދާއިމީ ކުރުމަށް އޮތް ދުވަހު ކަމަށްވެސް އޭނާ ފާހަކުރިއެވެ.
އަހުމަދު މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކަނޑާލި ވަޒީފާ އަނބުރާ ދޭން ގުޅި ކަމަށާއި، އެހެންނަމަވެސް ޝަރުތަކަކާއެކުގައި ކަމަށެވެ. އެއީ ފެނަކަ ޑީއެމްޑީއަކީ ވަގެއް ކަމަށާއި އަދި ކޮރަޕްޓް މީހެއްގެ އިތުރުން އޭނާ ވަޒީފާ އިން ކަނޑާލީ ޑީއެމްޑީ ކަމަށްބުނެ ޓުވީޓް ކުރުން ކަމަށެވެ.
"ކަނޑާލި ވަޒީފާ އަނބުރާ ދޭން ގުޅި. ޝަރުތަކީ "ޑީއެމްޑީ @ibreys އަކީ ވަގެއް، ކޮރަޕްޓް މީހެއް އަދި މަ ވަޒީފާ އިން ކަނޑާލީ ޑީއެމްޑީ" މިހެން ޓުވީޓް ކޮއްދޭން. ދުވަހަކު ނުދިނަސް އެހެން ޓުވީޓް ކޮއްގެން ހޯދާކަށް ބޭނުމެއް ނޫނޭ" އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އަހުމަދު ރަޝީދު އިތުރަށް ވިދާޅުވީ، ވަޒީފާއިން ކަނޑާލި ދުވަހު ޓްވީޓް ކުރުމުން ފެނަކައިން ވަރަށް ގުޅި ކަމަށާއި، ފޯނު ނުނެގުމުން އޭނާގެ ރައްޓެހިންނާއި އެހެން މީހުނަށް ގުޅައިގެންވެސް ފެނަކައިން އެދޭގޮތަށް ޓްވީޓް ޖެހުމަށް އޭނާގާތު އެދުމަށް އާދޭސް ކުރިކަމަށެވެ. މިކަމަށް އޭނާގެ ރައްޓެހިން ހެކިވާނެ ކަމަށްވެސް އެނާ ފާހަގަކުރިއެވެ.
ކަނޑާލި ވަޒީފާ އަނބުރާ ދޭން ގުޅި.
ޝަރުތަކީ " ޑީއެމްޑީ @ibreys އަކީ ވަގެއް،ކޮރަޕްޓް މީހެއް އަދި މަ ވަޒީފާ އިން ކަނޑާލީ ޑީއެމްޑީ” މިހެން ޓުވީޓް ކޮއްދޭން.
ދުވަހަކު ނުދިނަސް އެހެން ޓުވީޓް ކޮއްގެން ހޯދާކަށް ބޭނުމެއް ނޫނޭ.?
ހެޔޮވެރިކަން.
ޝުކުރިއްޔާ.— އަހުމަދު (@Dhonkolhu) September 13, 2020
އަހުމަދު ރަޝީދު އިތުރަށް ވިދާޅުވީ، މިހާރުވެސް ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަ އުޅޭ ކަމަށާއި، ލޮޖިސްޓިކް ޑިޕާޓްމެންޓްގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަ އުޅޭ ކަމަށެވެ. މިގޮތުން ރައްރަށަށް ތަކެތި ސަޕްލައި ކުރާއިރުވެސް އަބަދުވެސް އެއް ދޯންޏެއް ހިފުމާއި ލޮޖިސްޓިކް ޑިޕާޓްމެންޓްގެ ހެޑް އަށް ބައި އެޅޭގޮތަށް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުންވެސް ޑިޕާޓްމެންޓް ހެޑްގެ އަމިއްލަ މަސައްކަތްތައްވެސް ލޮޖިސްޓިކް ކުދިން ލައްވާ ކުރުވާކަންވެސް އޭނާ ފާހަގަ ކުރިއެވެ. މިގޮތުން އޭނާގެ ގެޔައް ބޭނުންވާ ތަކެތި ގަތުމަށް ބައެއް ފަހަރު ލޮޖިސްޓިކް ކުދިންނާ ހަވާލުކުރާކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އަހުމަދު ރަޝީދު އިތުރަށް ވިދާޅުވީ މިވާހަކަތަށް އެކުދިން ނުދައްކަނީ ވަޒީފާގެ ބިރައް ކަމަށާއި، ކޮރަޕްޝަނާއި ދެކޮޅަށް ކޮންމެ މީހަކުވެސް މިވާހަކަތައް ދައްކައިފިނަމަ ވަޒީފާގެ ބިރަށް ސިއްރުކުރާކަމަށް އޭނާ ފާހަކުރިއެވެ.

މިސަރުކާރުން ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ އަޑުތައް ދޭތެރެދޭތެރެއިން ފެތުރެއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އެ ކުންފުނިތަކުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ހިޔާލު
ތިޔަ ލޮޖިސްޓިކް ޑިޕާރޓްމެންޓް ވެރިޔަކީ އަރެން ޒާހިރު އުސްމާން ތުޑުކުނާ ގދ.ގައްދޫ އަހަރެންނާ ބެހެން ނޫޅޭ އަހަރެންމީ ކިހާވަރުގެ މީހެއްކަމެށް ނޭގެނީ އަދި ކަލޭޭއައް.