މުޒާހަރާ ކުރާ ފަރާތްތަކަށް އޮބާމާގެ ޝުކުރު

ފުލުހުން އަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުން އެމެރިކާގެ ކަޅު ނަސްލައް ނިސްބަތްވާ މީހަކު މަރުވި މައްސަލައިގައި އެމެރިކާގައި މިހާރު ކުރަމުންދާ މުޒާހަރާތަކަށް ތާއިދު ކުރައްވާކަން ހާމަކުރައްވާ މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކަށް އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ބަރަކް އޮބާމާ ޝުކުރު ދަންނަވައިފިއެވެ.

ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް އެމެރިކާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އޮބާމާވަނީ، ރުޅިއައިސްފައި ވީނަމަވެސް ކާމިޔާބީގެ އުންމީދުގައި މަސައްކަތް ކުރުމަށް އެމެރިކާއަށް ނިސްބަތްވާ އެފްރިކާގެ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ބަދަލުތައް އައުން ގާތްވާކަމުގެ އިހުސާސް ވާކަމަށްވެސް އޮބާމާ ވިދާޅުވެފައި ވެއެވެ.

މިއީ މިހާރު އެމެރިކާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަށް ސަޕޯޓްކުރާކަން އޮބާމާ ފާޅުކުރި ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން މީގެކުރިންވެސް އޮބާމާގެ މީސްމީޑިއާގެ އެކި އެކައުންޓްތައް މެދުވެރިކޮށް އަންނަނީ މުޒާހަރާއަށް ތާއީދުކުރާ ކަމާއި އެކަން ކުރިއަށް ގެންދިއުމަށް ބާރު އަޅައިފައެވެ.

އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މެއި 25 ވަނަ ދުވަހު ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލާފައިވާތީ އެމެރިކާގައި ފެށި ވަރުގަދަ މުޒާހަރާތައް ހަމަނުޖެހުން ބޮޑު މުޒާހަރާތަކަކަށް މިފަހުން ބަދަލު ވެފައިވާއިރު މުޒާހަރާ ކޮންޓުރޯލް ކުރުމަށް ސިފައިން ފޮނުވުމަށްވެސް ޓުރަމްޕްވަނީ މަޝްވަރާ ކުރައްވައިފައެވެ.

އުމުރުން 46 އަހަރުގެ ފްލޮއިޑް މަރުވެފައިވަނީ، ވަގު ނޫޓެއް ބޭނުން ކޮށްގެން ވިޔަފާރިކުރި މައްސަލައަކާއި ގުޅިގެން އޭނާ ހައްޔަރުކުރުމަށް ދޮން ނަސްލުގެ ފުލުސް އޮފިސަރެއް ކަމަށްވާ އުމުރުން 44 އަހަރުގެ ޑެރެކް ޗައުވިން އަމަލުކުރި ގޮތުގެ ސަބަބުންނެވެ. މިގޮތުން ޗައުވިންވަނީ ފްލޮއިޑް ބިޑި އަޅުވާ ބިންމައްޗަށް ވައްޓާލައި އޭނާގެ ހަބަރުހުސްވަންދެން ކަރަށް ފައިން އަރައިގެން ހުރެފައެވެ.

މިހާދިސާގެ ވީޑިއޯ މީސްމީޑިއާގައި ވައިރަލް ވުމާއި ގުޅިގެން މުޅި އެމެރިކާގައިވަނީ ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް މުޒާހަރާތައް ފެށިގެން ގޮސްފައެެވެ. އަދި މިމުޒާހަރާތައް މިހާރު ވެގެން ގޮސްފައިވަނީ 1968 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ކުރިއަށްދާ މިފަދަ އެންމެ ވަރުގަދަ މުޒާހަރާތަކުގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
102
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ