ވެންޓިލޭޓަރު އުފެއްދި ގޮއިދޫ ޒުވާނާ އަށް ފެނަކައިން ވަޒީފާގެ ފުރުސަތު ދީފި

ވެންޓިލޭޓަރު އުފެއްދި ށ. ގޮއިދޫ ޒުވާނާ އަށް ފެނަކައިން ވަޒީފާގެ ފުރުސަތު ދީފިއެވެ.

އުމުރުން 19 އަހަރުގެ ށ.ގޮއިދޫ އަޙްމަދު އަޝްޙަމްއަށް މަރުޙަބާކިޔައި ފެނަކައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދަޅުވީ، ވެންޓިލޭޓަރު އުފެއްދި 19 އަހަރުގެ އަޝަމްއަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ފޯނުން ގުޅުއްވާ މަރުޙަބާ ދަންނަވާފައިވާކަމަށެވެ.

އަދި އެޒުވާނާގެ މުސްތަގުބަލަށް ހިތްވަރު ދެއްވައި، ފެނަކަ ކޯޕަރޭޝަނުން ވަޒީފާގެ ފުރުސަތު އެރުވި ކަމަށްވެސް އެ ކުންފުނީގެ މިޓްވީޓުގައިވެއެވެ.

"އަދި މުސްތަގުބަލަށް ހިތްވަރު ދެއްވައި، ފެނަކަ އިން ވަޒީފާގެ ފުރުސަތު އެރުވި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މިފަދަ ގާބިލް ޒުވާނުންނަށް ފަހި ފުރުސަތު ފެނަކައިން އޮންނާނެ". ފެނަކަ އިން ވިދާޅުވިއެވެ.

އަޝްހަމް މި ވެންޓިލޭޓަރު އުފައްދާފައިވަނީ ވޭސްޓް އިލެކްޓްރޯނިކްސް ބޭނުންކޮށްގެން ހަތް ދުވަސްތެރޭގައެވެ. އެ ވެންޓިލޭޓަރު އަޝްހަމް ހަދިޔާކޮށްފައިވަނީ ގޮއިދޫ ސިއްޙީ މަރުކަޒަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެ އަށް ކުރިމަތިވެފައި ވަނިކޮށް ވެންޓިލޭޓަރެއް އުފެއްދުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާކަމަށްވެސް އަޝްހަމް ފޭސްބުކްގައި ކުރި ޕޯސްޓެއްގައިވެއެވެ.

ރާއްޖޭގައި މީގެ ކުރިން ސިފައިންގެ ބަޔަކާއި، އައްޑޫ މީހަކުވެސް ވަނީ ރާއްޖެއިން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން ވެންޓިލޭޓަރު އުފައްދާފައެެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ