މޫސުން ގޯސްވެ ހއ. އަތޮޅުން އދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ މޫސުމާއިބެހޭ ޤައުމީއިދާރާ މެޓް އޮފީހުން ހއ. އަތޮޅުން އދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މިއަދު ހެނދުނު 11:30ން ހަވީރު 16:30 އަށް ނެރެފައިވާ މިވައިޓްއެލާޓުގައި ބުނެފައިވަނީ މިވަގުތުތަކުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

 

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

"އިރުދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ