ރައީސް ޞޯލިޙް ހަނިމާދޫގައި - ފޮޓޯ: ރައީސް އޮފީސް

ހަނިމާދޫ ފެނަށް ޖެހިފައި، ރައްޔިތުން އެދެނީ އަވަސް ހަައްލަކަށް!

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ބޯފެން ހުސްވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުލްސަލާމް ޢަލީ "ފެށުމަށް" ވިދާޅުވީ، ހޫނު މޫސުގެ ސަބަބުން ހަނިމާދޫއިން ސާފު ބޯފެން ހުސްވެފައިވާތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

"ރަށުގައި ފެން ރައްކާކުރަން ބޭނުންކުރަނީ 5000 ލިޓަރުގެ 30 އަށްވުރެ ގިނަ ކަޅުހަން. ހޫނު މޫސުގެ ސަބަބުން ސާފު ބޯފެން ހުސްވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވަނީ." ސަލާމް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ، ސާފު ބޯފެން ހުސްވުމުން އެހެން އަހަރުތަކުގައި ޑިޒާސްޓަރ ސެންޓަރުގައި ދަންނަވައިގެން ސަޕަލައި ދޯނިތަކުގައި ފެން ގެންނަނީ ކަމަށާއި، ނަމަވެސް ރަށުގައި ޤާއިމުކުރި ފެން ޕްލާންޓްގެ މަސައްކަތްތައް ނިމިފައިވާތީ މިފަހަރު މިނިސްޓްރީގައި ދެންނެވީ ފެން ޕްލާންޓުން ރައްޔިތުންނަށް ޚިދުމަތް ދެއްވުމަށް ކަމަށެވެ.

ހަނިމާދޫގައި ޤާއިމުކުރި ފެން ޕްލާންޓުގެ މަސައްކަތް ނިމި، ގޭގެއަށް އިސްކުރު ގުޅާވެސް ނިމިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައެވެ. ހަނިމާދޫ ބޯފެނަށް ޖެހިފައިވާތާ ދެމަހެއްހާ ދުވަސްވީއިރު ފެން ޕްލާންޓުގައި ހުރީ ފެންވެސް ތައްޔާރުކޮށްފައެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ފެން ޕްލާންޓުން ރައްޔިތުންނަށް ފެން ފޯރުކޮށްނުދެވި ވަނީ އެ ޕްލާންޓުގެ ލެބޯޓަރީގައި ފެން ޓެސްޓް ކުރެވޭނެ ނިޒާމު ނެތިގެންކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެކަން ހައްލުކޮށް ފެން ފޯރުކޮށްދިނުމަށް އެދި ޕްލޭނިންގ މިނިސްޓްރީގައި ދެންނެވިތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަަމަށެވެ.

ހަނިމާދޫގައި ފެން ޕްލާންޓު ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން 46.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއްގެ އިތުރުން ގަޑިއަކު އަށް ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓް ބަހައްޓާފައިވެއެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި، ހޫނު މޫސުން ދިމާވެފައިވާއިރު، ފެން ހުސްވުމުގެ ސަބަބުން ހަނީމާދޫ ގިނަ ގެތަކުގައި މިހާރު ބޭނުންކުރަމުންދަނީ ފުޅީގައި ބަންދުކޮށް ވިއްކަމުންދާ މިނެރަލް ވޯޓަރއެވެ. އެރަށު ރައްޔިތުން އިންތިޒާރު ކުރަނީ ފެން ޕްލާންޓުން ރައްޔިތުންނަށް ޚިދުމަތް ލިބޭނެ ދުވަހަކަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Mineral water

    Mineral water fulhiyeh 10rf yah
    mihaaru rashu therein vikkanee

    Fen case nuvikkaa, fen fulhi vakin vikkanee

    • ehendho

      ehendho

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ