ރައީސް ނަޝީދާއި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް ނައީމް ބައްދަލު ކުރައްވަނީ

ގުޅީފަޅު ޕްރޮޖެކްޓު މުހިންމު ނަމަވެސް ފަރު ހަލާކުވާނެ ފުރުޞަތެއް ނުދެވޭނެ - ރައީސް ނަޝީދު

ގުޅީފަޅު ޕްރޮޖެކްޓު މުހިންމު ނަމަވެސް ފަރު ހަލާކުވާނެ ފުރުޞަތެއް ނުދެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގުޅީފަޅުގެ ޕްރޮޖެކްޓަކީ މުޙިންމު ތަރައްޤީގެ މަސައްކަތެއް ކަމަށާއި އެކަމުން ކުރާނެ ފައިދާތައްވެސް ގިނަ ކަމަށެވެ. އެހެންނަމަވެސް އެކަމުން އެތަނުގެ ފަރު ހަލާކުވުމުގެ ފުރުޞަތެއް ނުދެއްވޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގުޅީފަޅުގެ ހިއްކުމުގެ މަސައްކަތް ކުރާ ސަރަޙައްދުގައިވާ މުރަކަތައް ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހާއި އީޕީއޭ އިން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.

އެސަރަހައްދު ހިއްކުމުން ހުރި ކަންބޮޑުވުންތައް މިއަދު އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައެވެ. ނައީމް ވިދާޅުވީ ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން ފަޅުން ބައެއް ހިއްކުމަށް ކުރިޔަށް ގެންދާ މަޝްރޫއުގައި ތިމާވެއްޓަށް ގެއްލުން ކުޑަކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅިފަޅުން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ