ބޮލީވުޑްގެ އެންމެ ގިނަދުވަސްވީ ޖޯޑުންގެ ތެރެއިން އަމީތާބް ބައްޗަން އާއި އަންހެނުން ޖާޔާ ބައްޗަންއަކީ އަދިވެސް އެންމެންގެ ފޭވަރިޓެވެ. މި ދެބައިވެރިންގެ ކައިވެންޏަށް މިހާރު 47 އަހަރުވެފައިވާއިރު، އަދިވެސް ދެމީހުންގެ ލޯބީގެ ބަގީޗާއަށް ފަނޑުކަމެއް އައިސްފައިވާތަނެއް ނުފެނެެއެވެ.
ލޮތްބާއި އުފާވެރިކަމާއެކު މި ދެބައިވެރިން ކައިވެނި ކޮށްގެން އުޅޭތާ ގިނަ އަހަރުތަކެއް ވީނަމަވެސް، އަމީތާބް އަދިވެސް އެމީހުންގެ ކައިވެނީގެ ތާރީޙް ހަނދާނުގައި ނުހުއްނަކަން ދާދިފަހަކުން މި ވަނީ ހާމަކޮށްފައެވެ. އަދި އަންހެނުން، ޖާޔާ މިކަމާއި ވަރަށް ރުޅި އަންނަކަމަށް މި ވަނީ ހާމަކޮށްފައެވެ.
މަޝްހޫރު ރިއަލިޓީ ޝޯ "ކޯން ބަނެގާ ކޮރޯޑްޕަޓީ" ގެ 11 ވަނަ ސީޒަންގެ އެޕިސޯޑެއްގައި، އެ ޕްރޮގްރާމްގެ ބައިވެރިޔަކާ ވާހަކަދައްކަމުން އާމީތާބް ވަނީ، ކައިވެނިކޮށްގެން އުޅޭތާ ކިހާ ދުވަހެއް ވެއްޖެތޯ އަހާފައެވެ. އަދި ބައިވެރިޔާާއަށް ނަސޭހަތް ދެމުން އަމީތާބް ބުނީ، ކައިވެނި ކުރި ތާރީޙް ނަމަ ނަމަ ދުވަހަކުވެސް ހަނދާން ނައްތާނުލުމަށެވެ. މީގެ އިތުރުން އަމީތާބް ބުނީ، ކައިވެނި ކުރި ތާރީޙް ހަނދާން ނެތިއްޖެނަމަ، އަންހެނުން ޖާޔާ އެކަމާއި ޖޯކު ޖަހާ ރުޅި އަންނަ ކަމަށެވެ.
އާމިތާބް އާއި ޖާޔާ ކައިވެނި ކޮށްފައިވަނީ، 1973 ވަނަ އަހަރު ޖޫން 3 ގައެވެ. އަދި މި ދެމަފިރިންނަށް ދެ ދަރިން ލިބިފައިވާއިރު، އެކަކީ، މަޝްހޫރު އެކްޓަރ އަބީޝޭކް ބައްޗަންއެވެ.



