ލަލީގާ މެޗުތައް ބަލަން ސަޕޯޓަރުންނަށް ވަދެވޭނެފަދަ އިޝާރާތެއް!

ލަލީގާ މެޗުތައް ބަލަން ދަނޑަށްސަޕޯޓަރުންނަށް ވަދެވޭނެފަދަ އިޝާރާތެއް، ލަލީގާގެ ރައީސް ހާވިއާ ޓެބާސް ދީފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ސްޕެއިންގެ ލަލީގާ މިހަފްތާ ބަންދުގައި ފެށުމަށް ހަމަޖެހިފައިވާއިރު، ސަރަޙައްދުތަކުގެ ލޮކްޑައުންގެ ޙާލަތަށްބަލައި ސަޕޯރޓަރުން ދަނޑަށް ވެއްދުމުގެ ވިސްނުމެއް ގެންގުޅޭކަމަށް ޓެބާސްވަނީ ބުނެފައެވެ.

އެގޮތުން ޓޭބާސް ބުނީ، ސަޕޯރޓަރުން ދަނޑަށް ވެއްދޭ އެންމެ އަވަހަކަށްވެސް ވަންދަން ބޭނުންކަމަށާއި، ބައެއް ސިޓީތަކުގައި މިކން ކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. ޓެބާސްގެ ވިސްނުންހުރީ ފޭސް 3 ގައި ހިމެނޭ ސަރަޙައްދުތަކުގައި ކުޅޭ މެޗުތަކަށް ސަޕޯރުން ވަންދާށެވެ. އެހެންނަމަވެސް ސްޕެއިންގެ ވަރުގަދަ ސިޓީތައް އަދިވެސް އޮތީ ފޭސް 2 ގަައެވެ. އޭގެތެރޭގައި މެޑްރިޑާއި ބާސެލޯނާގެ އިތުރުން ސްޕެއިންގެ އުތުރުގެ ބޮޑު ސަރަޙައްދެން ހިމެނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 11 ގައެވެ. މެޗުތައް ފުލުފުލުގައި ކުޅޭގޮތަށް ރާވާފައި އޮތްއިރު ކޮންމެ ހަފްތާއަކު ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

ޖޫން 11 ގައި ފަށާ ލަލީގާގެ، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެވިއްޔާއާއި ރެއަލްބެޓިސްއެވެ. އެގޮތުން މެޗްޑޭ 28 ޖޫން 11 އިން ޖޫން 14 އަށް ދިގުދެމިގެންދާއިރު، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަވޭގައި ނުކުންނާނީ ރެއަލްމަލޯކާއާއި ދެކޮޅަށެވެ. އެއީ 13 ޖޫންވާ ހޮނިހިރު ދުވަހުއެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަލީގާގެ ކުޅުން މެދުކަނޑާލާފައިވަނީ މިދިޔަ މާރޗް މަހުން ފެށިގެންނެވެ. ކޮންމެ ޓީމަކުންވެސް މިހާތަނަށް 27 މެޗު ކުޅެފައިވާއިރު ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް 11 މެޗެވެ. 58 ޕޮއިންޓާއެކު އެއްވަނާގައި އޮއީ ބާސެލޯނާއެވެ. ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 56 ޕޮއިންޓާއެކުގައެވެ.

.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ