ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 7 މިލިއަނަށް އަރައިފި

މުޅިދުނިޔެ ސިއްސުވާލި، ބިރުވެރި ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު 7 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލައިލާއިރު މުޅިދުނިޔެއިން މިބައްޔަށް މިހާތަނަށްވަނީ 7,091,659 މީހުން ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 406,195 މީހުން މަރުވެފައިވާއިރު މިބަލިން ރަނގަޅުވެފައިވަނީ 3,461,118 މީހުންނެވެ. އަދި މިވަގުތު މިބައްޔަށް ޕޮޒިޓިވުވެ ފަރުވާ ދެމުންދަނީ 3,224,346 މީހުންނަށެވެ.

މިބަލީގައި ފަރުވާދެމުންދާއިރު މީހުންގެ ތެރެއިން 53,753 މީހުންގެ ހާލު ސީރިއަސް ކަމަށާއި ބާކީތިބި، 3,170,593 މީހުންގެ އާދައިގެ ގޮތެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓް ކުރެއެވެ.

ކޮވިޑް-19 ޖެހިފައިވާ ބަލިމީހުންތިބި ގައުމުތަކަށް ބަލައިލާއިރު މިބަލި އެންމެ ގިނަ އަދަދަކަށް މިހާތަނަށް ޖެހިފައިތިބި މީހުން ތިބީ އެމެރިކާގައެވެ. މިގޮތުން ކޮވިޑް-19 އަށް އެމެރިކާގައި 2,007,449 މީހުންވަނީ ޕޮޒިޓިވުވެފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް މިބައްޔަށް ޕޮޒިޓިވުވި މީހުންތިބީ ބްރެޒިލްގައެވެ. މިގޮތުން ބްރެޒިލްގައި 691,962 މީހުން މިބައްޔަށް ޕޮޒިޓިވުވެފައި އެބަތިއްބެވެ. މިލިސްޓުގެ ތިންވަނައިގައި އޮތް ރަޝިޔާގައި ކޮވިޑް-19 އަށް ޕޮސިޓިވުވެފައިވަނީ 467,673 މީހުންނެވެ.

މުޅިދުނިޔެއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާގައި މިހާތަނަށްވަނީ 112,469 މީހުންވަނީ މަރުވެފައެވެ. މަރު ލިސްޓުގެ ދެވަނައިގައި އޮތް ޔޫކޭގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 40,542 މީހުންނެވެ. އަދި މަރު ލިސްޓުގެ ތިންވަނައިގައި އޮތް ބްރެޒިލް އިން މަރުވެފައިވަނީ 37,312 މީހުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން ދުނިޔޭގެ އެންމެހާ ގައުމުތަކަށް އިލްތިމާސް ކޮށްފައިވަނީ މިބަލިން ރައްކާތެރިވުމަށް އަވަސް ހަރުދަނާ ފިޔަވަޅުތައް އެޅުމަށެވެ. މިބައްޔާއިމެދު ފަރުވާކުޑަ ކޮށްލެވިއްޖެނަމަ މިބައްޔަކީ އެތައް ބަޔެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެފަދަ ބައްޔެއް ކަމަށްވެސް ޑަބުލިޔުއެޗްއޯ އިން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ