ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު ސައުދީ އަރަބިއްޔާގައި ލައްކައަކަށް އަރައިފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު، ސައުދީގައި މިބައްޔަށް މިހާތަނަށް 101,914 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އަދި މިބަލީގައި އެޤައުމުން 712 މީހަކު މަރުވެފައިވާއިރު، ފަރުވާކުރެވި 72,817 މީހުން ރަނގަޅުވެފައި ވެއެވެ.
މުޅި ދުނިޔެއިން 7 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 3,461,118 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 3,224,346 މީހުންނެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން 3,170,593 މީހުންގެ ހާލަތު ރަނގަޅުއިރު ހާލަތު ގޯސްވެގެން 53,753 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19 ޖެހިފައިވާ ބަލިމީހުންތިބި ގައުމުތަކަށް ބަލައިލާއިރު މިބަލި އެންމެ ގިނަ އަދަދަކަށް މިހާތަނަށް ޖެހިފައިތިބި މީހުން ތިބީ އެމެރިކާގައެވެ. މިގޮތުން ކޮވިޑް-19 އަށް އެމެރިކާގައި 2,007,449 މީހުންވަނީ ޕޮޒިޓިވުވެފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް މިބައްޔަށް ޕޮޒިޓިވުވި މީހުންތިބީ ބްރެޒިލްގައެވެ. މިގޮތުން ބްރެޒިލްގައި 691,962 މީހުން މިބައްޔަށް ޕޮޒިޓިވުވެފައި އެބަތިއްބެވެ. މިލިސްޓުގެ ތިންވަނައިގައި އޮތް ރަޝިޔާގައި ކޮވިޑް-19 އަށް ޕޮސިޓިވުވެފައިވަނީ 467,673 މީހުންނެވެ.
މުޅިދުނިޔެއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާގައި މިހާތަނަށްވަނީ 112,469 މީހުންވަނީ މަރުވެފައެވެ. މަރު ލިސްޓުގެ ދެވަނައިގައި އޮތް ޔޫކޭގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 40,542 މީހުންނެވެ. އަދި މަރު ލިސްޓުގެ ތިންވަނައިގައި އޮތް ބްރެޒިލް އިން މަރުވެފައިވަނީ 37,312 މީހުންނެވެ.



