އިއްޔެ އެކަނިވެސް ލައްކަ އަކަށްވުރެ ގިނަމީހުނަށް ކޮވިޑް ޖެހުނު!

މުޅިދުނިޔެ ބިރުވެރިކަމަށް ވައްޓާލި ނުރައްކާތެރި ވައިރަސް (ކޮވިޑް-19)އަށް އިއްޔެ އެކަނިވެސް ލައްކަ އަކަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ތަކަށްް ބަލާއިރު، ދުނިޔޭގެ އެކި ޤައުމުތަކުން ވަނީ 113,117 މީހަކު މިވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި އިއްޔެ 3382 މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތަކުން ދައްކައެވެ.

މުޅިދުނިޔެއިން މިހާތަނަށް 7,091,659 މީހަކު މިބައްޔައް ޕޮޒިޓިވްވެފައިވާއިރު، މިބަލީގައި ޖުމްލަ 406,195 މީހުން މަރުވެފައިވެއެވެ. އަދި މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 3,461,118 މީހުންނެވެ. އަދި މިވަގުތު މިބައްޔަށް ޕޮޒިޓިވުވެ ފަރުވާ ދެމުންދަނީ 3,224,346 މީހުން ކަމަށްވެސް އެންމެފަހުގެ ރިޕޯޓްތަކުން ދައްކައެވެ.

އިއްޔެ ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާގައި އިއްޔެ އެކަނިވެސް 18,905 މީހަކަށް ވަނީ މިވައިރަސް ޖެހިފައެވެ. ދެން އެންމެ ގިނަ މީހުން އިއްޔެ ޕޮޒިޓިވްވި ދެވަނަ ޤައުމަކީ ބްރެޒިލްއެވެ. މިގޮތުން އިއްޔެ ބްރެޒިލް އިން 18,375 މީހަކުވަނީ މިވައިރަހަށް ޕޮޒިޓިވްވެފައެވެ. ތިން ވަނައަށް އެންމެ ގިނަމީހުން އިއްޔެ ޕޮޒިޓިވްވީ އިންޑިޔާގައެވެ. މިގޮތުން އިއްޔެ 10,864 މީހަކު އިންޑިޔާއިން މިބައްޔަށް ޕޮޒިޓިވްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ