ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން އިއްޔެ 16 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ހާމަ ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އިއްޔެ ހައްޔރުކުރި 16 މީހުންގެ ތެރޭގައި ހިމެނެނީ މާލެ އިން ހައްޔަރު ކުރި 13 މީހަކާއި ހުޅުމާލެއިން ހައްޔަރު ކުރި 3 މީހެކެވެ. އެއާއި އެކު ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން ހައްޔަރު ކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 464 އަށް އަރާފައެވެ. އެއީ މާލެ އިން ހައްޔަރު ކުރި 418 މީހަކާއި، ހުޅުމާލެ އިން ހައްޔަރު ކުރި 43 މީހަކާއި، ވިލިމާލެ އިން ހައްޔަރު ކުރި3 މީހެކެވެ.
މީގެ އިތުރުން ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން އިއްޔެ ވަނީ 249 މީހަކު ޖޫރިމަނާވެސް ކޮށްފައެވެ. އެއީ މާލެ އިން ޖޫރިމަނާ ކުރި 243 މީހަކާއި ހުޅުމާލެ އިން ޖޫރިމަނާ ކުރި 2 މީހަކާއި ވިލިމާލެ އިން ޖޫރިމަނާ ކުރ 2 މީހެކެވެ. ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން މިހާތަކަށް ވަނީ ޖުމްލަ 8186 މީހަކު ޖޫރިމަނާ ކޮށްފައެވެ.
ލޮކްޑައުންގެ އަމުރާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ހައްޔަރު ކުރަމުން ދިޔަ ނަމަވެސް، އަމުރާ ޚިލާފުވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ސަރުކާރުން މިހާރު ވަނީ ލޮކްޑައުންއަށް ގިނަ ލުއި ތަކެއް ދީފައެވެ.
ރާއްޖޭގައި މިހާތަނަށް 1903 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އެބަލިން 827 މީހަކު ރަނގަޅުވެފައިވާއިރު، 8 މީހަކު ވަނީ ނިޔާވެފައެވެ.