ދިއްފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކެނަބިސް ގަސް | ފޮޓޯ: އެމްވީކުރައިޒިސް

ދިއްފުށިން ކެނަބިސް ގަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެގޮސްފި

ކ.ދިއްފުށިން ކެނަބިސް ގަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެރަށުން މިނޫހަށް މައުލޫމާތުދިން މީހަކު ބުނެފައިވަނީ ފުލުހުން މިއަދު އެރަށަށް ގޮސް އަށްފޫޓް ނުވަތަ ނުވަފޫޓް ހުންނަވަރުގެ ކެނަބިސްގަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިގަސް އެރަށުން ގެންގޮސްފައިވަނީ ކުދިކުދިކޮށް ކޮށާލުމަށް ފަހުގައި ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އަދި ފުލުހުން ވަކިއެއްޗެއް ބުނެފައި ނުވާއިރު ދިއްފުށި ކައުންސިލްގެ ބަހެއް ހޯދުމަށް ކައުންސިލްގެ ރައީސް އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީވެ ކައުންސިލްގެ ބަހެއްވެސްވަނީ ލިބޭގޮތް ނުވެފައެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަކީ ރާއްޖޭގައި އާންމުކޮށް ހެދޭ ބާވަތުގެ ގަހެއް ނޫނެވެ. ނަމަވެސް މީގެކުރިންވެސް ބަޔެއް ރައްރަށުގައި މިީގެ ގަސް ހެއްދުމުގެ މައްސަލަތައްވަނީ ފެންމަތިވެފައެވެ.

މަސްތުވާތަކެތީގެ ވަބާގައި ރާއްޖެއިން ޖެހިފައިވާ އާބާދީއަކީ ބޮޑު އާބާދީއެކެވެ. އަދި މިފަރާތްތައް މަސްތުވުމަށްޓަކައި ތަފާތު އާލާތްތައް އަންނަނީ ބޭނުން ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ